Last Updated: April 23, 18:00
Tuesday, April 23, 2024
ދުނިޔެ

ލަންކާގައި ސޯޝަލް މީޑިއާ ބޭނުންކުރެވޭ ގޮތް ހަދައިފި

ސްރީލަންކާގައި ސޯޝަލް މީޑިއާ ބްލޮކްކޮށްފައި އޮތުމަށް ފަހު، އެ ބްލޮކޭޑް މިއަދު އުވާލައިފި އެވެ.

މި މަހުގެ 13 ވަނަ ދުވަހު ލަންކާގައި ސޯޝަލް މީޑިއާ ބްލޮކްކޮށްފައިވަނީ އެ ގައުމުގެ ބައެއް ސަރަހައްދުތަކުގައި މުސްލިމުން ހިންގަމުން އަންނަ ފިހާރަތަކަށާއި މިސްކިތްތަކަށް ހަމަލާތައް ދިނުމުން މަސްރަހު ވަރަށް ބޮޑަށް ހޫނުވުމާ ގުޅިގެންނެވެ.

އެގޮތުން ބްލޮކް ކުރި ސޯޝަލް މީޑިއާގެ ވަސީލަތްތަކުގެ ތެރޭގައި ފޭސްބުކް އާއި ވަޓްސްއެޕް އަދި ވައިބާ ހިމެނެއެވެ.

މުސްލިމުންނަށް އަމާޒުކޮށް ލަންކާގެ ގްރޫޕްތަކަކުން ހަމަލާތައް ދޭން ފެށުމާ އެކު، އެގައުމުގައި ޖެހިޖެހިގެން ދެ ދުވަހު ވަނީ ކާފިއު ވެސް އިއުލާންކޮށްފައެވެ. ނަމަވެސް އެގައުމުގެ ހާލަތު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ސަލާމަތީ ބާރުތަކުން ހާމަކުރެއެވެ.

މުސްލިމުންނަށް އަމާޒުކޮށް ލަންކާގެ ގްރޫޕްތަކަކުން ހަމަލާތައް ދޭން ފެށީ މިދިޔަ މަހުގެ ފަހުކޮޅު ލަންކާގެ ބައެއް ފައްޅިތަކަކަށް އަމާޒުކޮށް ބޮމުގެ ހަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ. މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުން އެ ހަމަނުޖެހުންތަކަކީ އެކަމުގެ ބަދަލު ހިފުންތަކެެއްގެ ތެރެއިން ހިންގި ހަމަނުޖެހުންތަކެކެވެ.

ބޮމުގެ ހަމަލާތަކުގައި 200 އަށް ވުރެ ގިނަ މީހުން މަރުވިއިރު، އެ ހަމަލާގެ ޒިންމާ އައިއެސް ހަނގުރާމަވެރި ޖަމާއަތުން ވަނީ އުފުލާފައެވެ.