Last Updated: July 5, 20:34
Sunday, July 6, 2025
ޚަބަރު

ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކު ސީރިއަސް ހާލަތުގައި!

އައްޑޫ ސިޓީ ހިތަދޫ ބޮޑުމަގުގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

"އައްޑޫލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ ރޭ ދަންވަރު 2:00 އެހާކަށްހާއިރު ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ ސައިކަލު ދުއްވަން ހުރި ޒުވާނާއަށެވެ.

އެކްސިޑެންޓު ހިނގާފައިވަނީ ކާރު ބޮޑު މަގުން ގޯޅިއަކަށް އަޅާލި ވަގުތު ސައިކަލުން ގޮސް ކާރުގައި ޖެހިގެން ކަމަށާއި، ކާރު ގޯޅި އަޅާލީ ސިގްނަލް ނުދީ ކަމަށް މަންޒަރު ދުށް ފަރާތަކުން ކިޔާދީފައިވެއެވެ.

އެކްސިޑެންޓުގައި ބޮޑަށް އަނިޔާ ލިބުނު ޒުވާނާ މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ އިރު އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ.

އިތުރު ތަފްސީލު އަންނަނީ…