Last Updated: April 26, 16:59
Friday, April 26, 2024
ޚަބަރު

ޕާޓީތަކަށް ފައިސާދޭ ގޮތް ބަދަލުކުރަން މަޝްވަރާ ކުރަނީ

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ / މިހާރު

ސިޔާސީ ޕާޓީތަކަށް މިހާރު ފައިސާ ދެމުން އަންނަ ގޮތް މުޅިން ބަދަލު ކުރުމަށް ޕާޓީތަކާއި އެކު ބާއްވާ މަޝްވަރާ ބައްދަލުވުމުގައި ހުށަހަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އަންނަ ހޯމަ ދުވަހު ބާއްވާ މަޝްވަރާ ބައްދަލުވުމުގައި ސިޔާސީ ހުރިހާ ޕާޓީތަކާއި އެކު މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަމިއްލަ ބައެއް ޖަމިއްޔާތަކުންވެސް މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވާއިރު ކޮންމެ މީޑިއާއަކުން އެއް ބޭފުޅަކު މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވާނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި އެ މަޝްވަރާ ބައްދަލުވުމުގައި ޕާޓީގެ ލީޑަރޝިޕާއި ކައުންސިލުން އަންހެން ކަނބަލުންނަށް ޖާގަ ދިނުމާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރާނެއެވެ.

މީގެއިތުރުން މީގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި އިންތިޚާބުތަކާއި ބޭހޭ ޤާނޫނުގައި ހުރި ފުށުއެރުންތައް ހައްލުކުރުމަށް އިސްލާޙު ހުށަހެޅުމަށާއި، ވޯޓު ކަރުދާހުގައި ފާހަގަޖެހުމާއި ގުޅޭގޮތުން ޤާނޫނަށް ގެނެސްފައިވާ ބަދަލުވެސް އަލުން އިސްލާޙުކުރުމަށް މަޝްވަރާކުރުމާއި، ޕާޓީތަކުން ހުށަހަޅާ މާލީ ބަޔާންތަކާއި އޮޑިޓް ރިޕޯޓްތައް ބަލައި ދިރާސާކުރުމުގެ އުސޫލެއް ހެދުމަށްވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރާނެއެވެ.