Last Updated: April 16, 14:57
Tuesday, April 16, 2024
ޚަބަރު

ނަދީމް ފުރުވާލީ ވެންޓިލޭޓަރުގެ އެހީގައި، ހާލު ސީރިއަސް: އެޗްއާރުއެޗް

ނަދީމް، ރޭގެ އެކްސިޑެންޓުގައި ސީރިއަސް އަނިޔާ ލިބި އިތުރު ފަރުވާއަށް މާލެ ވަނީ ފުރުވާލާފައި، ފޮޓޯ: ނަދީމް ފޭސްބުކް ޕްރޮފައިލް

ރޭ ދަންވަރު ހިތަދޫ ބޮޑު މަގުގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާ ލިބުނު ނަދީމް އިތުރު ފަރުވާއަށް މާލެ ފުރުވާލައިފިއެވެ.

ހިތަދޫ، މުތީ، ނަދީމް މޫސާ އިތުރު ފަރުވާއަށް މިއަދު މާލެ ފޮނުވާލާފައިވަނީ ވެންޓިލޭޓަރގެ އެހީގައެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނަދީމް އިތުރު ފަރުވާއަށް މާލެ ފުރުވާލިއިރުވެސް ހާލު ސީރިއަސް ކަމަށާއި، ފުރުވާލީ އިތުރު ފަރުވާ ދެވެން ނެތިގެން ވެންޓިލޭޓަރގެ އެހީގައެވެ. އޭނާގެ ބޮލުގެ ނާޝިގަނޑު ފަޅައިގެން ގޮސްފައިވާއިރު ލިބިފައިވާ ގެއްލުމުގެ އިތުރު ތަފްސީލް އެނގޭނީ ސީޓީ ސްކޭން ހަދައިގެންކަމަށް ހޮސްޕިޓަލުން ބުންޏެވެ.

މިއެކްސިޑެންޓުގައި ނަދީމްގެ މޫނާއި ކޮނޑާއި ފަޔާއި ލޮލަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ.

އެކްސިޑެންޓު ހިނގާފައިވަނީ ހިތަދޫ ކުރީގެ ރީތިފޮޓޯ އިމާރާތް ކުރިމަތިން ކާރެއް ގޯޅި އަޅާލިއިރު ސައިކަލުން ގޮސް ކާރުގައި ޖެހިގެންނެވެ. މި ހާދިސާ ފުލުހުން ދަނީޫ އިތުރަށް ތަހްގީގު ކުރަމުންނެވެ.