Last Updated: April 20, 09:47
Saturday, April 20, 2024
ވިޔަފާރި

އެންމެ ވަރުގަދަ 50 ޓެލެކޮމް ކުންފުނީގެ ލިސްޓަށް އުރީދޫ

ދުނިޔޭގެ އެންމެ ވަރުގަދަ 50 ޓެލެކޮމް ބްރޭންޑްގެ ލިސްޓުގައި އުރީދޫ ހިމެނިއްޖެއެވެ.

ދުނިޔޭގައި މުއާސަލާތީ ކުންފުނިތައް ލިސްޓުކޮށް މިނެކިރުމުގައި އިސްދައުރެއް އަދާކުރަމުން އަންނަ "ބްރޭންޑް ފައިނޭންސް"ގައި މިއަހަރު އުރީދޫ ގްރޫޕް އޮތީ 41 ވަނަ މަގާމުގައެވެ. މިދިޔަ އަހަރު އުރީދޫ ގްރޫޕް އޮތީ 43 ވަނަ މަގާމުގައެވެ.

އަދި މިހާރު އެ ކުންފުނީގެ ބްރޭންޑިން ވެލިއު 3.7 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ވެސް އުރީދޫއިން މައުލޫމާތު ދެއެވެ. މީގެއިތުރުން އުރީދޫގެ ބްރޭންޑް ރޭޓިން ވަނީ "އޭއޭ ޕްލަސް" އަށް އަރާފައެވެ.

މި ކާމިޔާބީއާއި ގުޅޭގޮތުން އުރީދޫ ގްރޫޕްގެ ސީއީއޯ ޝެއިހް ސައުދު ބިން ނާސިރު އަލް ތާނީ ވިދާޅުވީ މި ކާމިޔާބީ ލިބިފައިވަނީ އެ ކުންފުނީގައި އޮތް ވަރުގަދަ ޓީމުގެ މަސައްކަތުން ކަމަށެވެ. އަދި ކަސްޓަމަރުން ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތައް ގާއިމް ކުރުމުގައި އެ ކުންފުނިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފަ އެވެ.