Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ކޮޅުވެއްޓިއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮތްވާ ފެނިއްޖެ

ނިޔާވި ކެޕްޓަން ނަސީމު، ފޮޓޯ: އޭދަފުށީޓައިމްސް

ލ. މާވަށު ފަޅުގައި އޮތް ކޮޅުވެއްޓިއެއްގައި މީހަކު މަރުވެފައި އޮތްވާ ފެނިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮތްވާ ފެނިފައިވަނީ ބ.އޭދަފުށީ ގުލިސްތާނުގޭ އަހްމަދު ނަސީމުއެވެ.

އޭނާއަކީ އެ ކޮޅުވެއްޓީގެ ކެޕްޓަނެވެ.

ނަސީމު މަރުވެފައިވާކަން އެނގުނީ ރޭ ދަންވަރު ހާރު ކެއުމަށް ގޮވުމުން ހަބަރެއް ނުވެގެން ގޮސް ބެލުމުންނެވެ. އޭނާގެ ހަށިގަނޑު މިހާރުވަނީ މާވަށު ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ.

ނަސީމު މަރުވި އިރު ކޮޅުވެއްޓި ވަނީ ރޭ ފަތިހު ދަތުރުކުރުމަށް ތައްޔާރުވެފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހްގީގު ކުރަމުންނެވެ.