Last Updated: April 26, 10:11
Friday, April 26, 2024
ޚަބަރު

މިދިޔަ ހަފުތާގައި މާލޭގައި 54 އެކްސިޑެންޓް

ބްރިޖު ހުޅުވުމުން އާންމުން ދަތުރުކުރަނީ: ފޮޓޯ - ޑރ. މުއިއްޒު ޓުވިޓާ

މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން 17 އަށް މާލޭގައި 458 އެކްސިޑެންޓު ހިނގި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ޓްރެފިކް ޑިޕާޓްމެންޓުން ކޮންމެ ހަފްތާއަކު އާއްމުކުރާ މާލޭ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފްތާގެ ތެރޭގައި ގަވާއިދާ ހިލާފުވެގެން 16 ސައިކަލަކާއި 12 ކާރެއް ޓޯކޮށްފައިވެ އެވެ. އަދި މިދިޔަ ހަފްތާގައި 54 އެކްސިޑެންޓެއް ހިނގި އިރު އެކްސިޑެންޓުގައި އަނިޔާވި އަދަދު 20 އަށް އަރަ އެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި ތެރޭ 502 ވެހިކަލް ހުއްޓުވައި ބަލައި ފާސް ކުރި އެވެ. މީގެ ތެރެއިން ލައިސަންސް ނެތި ދުއްވި، 89 މީހަކާއި ލައިސަންސް އޮވެ، ލައިސަންސް ނުލައި ދުއްވި 47 ފަރާތަކަށް ފިޔަވަޅު އެޅި އެވެ.

މަގުމަތީގެ އާއްމު ގަވާއިދުގައި ކަނޑައެޅިފައިވާ ސްޕީޑް ލިމިޓަށް ވުރެ ބާރަށް ދުއްވައިގެން 13 ފަރާތަކަށާއި 18 އަހަރު ނުފުރެނީސް ސައިކަލް ދުއްވި ދެ ކުއްޖަކަށް ފިޔަވަޅު އެޅި ކަމަށް ވެސް ފުލުހުން އާއްމު ކުރި ހިސާބުތަކުގައި ވެ އެވެ.

މީގެ އިތުރުން 814 ވެހިކަލެއްގައި ވަނީ ގަވާއިދާ ހިލާފަށް ޕާކް ކޮށްފައިވާކަމުގެ ސްޓިކާ ޖަހާފަ އެވެ.