Last Updated: April 25, 22:42
Friday, April 26, 2024
ޚަބަރު

ޔުނީފޯމުގައި ސަރވިސް ނަންބަރު ޖަހަނަ ފުލުހުން ފަށައިފި

ސަރވިސް ނަންބަރު ހިއްޕާފައިވާ ޔުނީފޯރމެއް -- ފޮޓޯ / ކޮމިޝަނަރ އޮފް ޕޮލިސް

ފުލުހުންގެ ސަރވިސް ނަންބަރު އާއްމުންނަށް ފެންނާނެހެން އެމީހުންގެ ޔުނީފޯމްގައި ހަރުކުރަން ފަށައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ހިދުމަތް ދޭ ފުލުހަކީ ކާކުކަން ރައްޔިތުންނަށް އިނގުމަކީ ފުލުހުންގެ މަސައްކަތް ޒިންމާދާރު ކަމާއެކު އަދާކުރަން ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

ފުލުހުންގެ ސަރވިސް ނަންބަރު އެމީހުންގެ ޔުނީފޯމުގައި ހަރުކުރަން ނިންމާފައި މިވަނީ ކުރީގެ ސަރުކާރުގައި ޢާއްމުން މިފަދަ އެތައް ޝަކުވާއެއް ކޮށްފައި ވަނިކޮށެވެ. ޚާއްސަ ގޮތެއްގައި އޭރު އިދިކޮޅު ފަރާތްތަކުން ބާއްވާ މުޒާހަރާތައް ރޫޅާލުމަށް ނުވަތަ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ނިކުންނަ ފުލުހުންގެ ނަން ޓެގުވެސް ނައްޓާލައިގެން ނިކުންނާތީ ޢާއްމުން ވަނީ އެކަމާއި މެދު ވަރަށް ބޮޑަށް ޝަކުވާކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

ފުލުހުންގެ ސަރވިސް ނަންބަރު އާންމުންނަށް ފެންނަ ގޮތަށް ޔުނީފޯމުގައި ހިއްޕުމުން ގަވާއިދާ ހިލާފަށް އަމަލުކުރާ ފުލުހުންގެ ޝަކުވާ ހުށަހަޅަން އާންމުންނަށް ފަސޭހަ ވެގެންދާނެއެވެ.