Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

ފިލްމް "ލާލް ކަޕްތާން" ސެޕްޓެމްބަރުގައި ރިލީޒް ކުރަނީ

ސައިފް އަލީ ޚާންގެ ފިލްމް "ލާލް ކަޕްތާން" މި އަހަރު ސެޕްޓެމްބަރުމަހު 6 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިއްޖެއެވެ.

މި ފިލްމު އުފައްދަން ފެށުމާއިއެކު މި ފިލްމުގައި ސައިފް ފެނިގެންދާ ރޯލުގެ ފޮޓޯތައް އިންޓަނެޓްގައި ދަނީ މެދުކެނޑުމެއްނެތި ވައިރަލް ވަމުންނެވެ. ގިނަ ބަޔަކަށް މި ފިލްމުގައި އޭނާގެ ކެރެކްޓާ ކަމުގޮސްދާނެ ކަމުގެ އިޝާރާތްވަނީ ލިބިފައެވެ.

އިންޑިއާގެ ތާރީޚީ މީހެއްކަމަށްވާ ނާގާ ސާދޫގެ ވާހަކައިގެ މައްޗަށް ތައްޔާރު ކުރެވޭ މި ފިލްމުގައި ސައިފްގެ ފެނިލުމާއިބެހޭ ގޮތުން ފިލްމުގެ ޕްރޮޑިއުސަރު ސުނިލް ލުއްލާ ބުނެފައިވަނީ ސައިފްއަކީ މޮޅު އެކްޓަރެއް ކަމަށެވެ. މީގެ ކުރިން ފެނިފައިނުވާ ވަރަށް އޭނާގެ ހުނަރު މި ފިލްމުގައި ދައްކާފައިވާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ނަވްދީޕް ސިންގްއެވެ. އަދި ފިލްމް ޕްރޮޑިއުސް ކުރުމުގައި ސުނިލް ލުއްލާގެ އިތުރުން އާނަންދު އެލް ރާއީވެސް ވަނީ ހަރަކާތްތެރިވެފައެވެ.