Last Updated: April 20, 11:14
Saturday, April 20, 2024
ޚަބަރު

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ތިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ދެ ފިރިހެނުންނާއި އަންހެނަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނަކާއި އަދި 25 އަހަރުގެ އަންހެނެއްކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި ތިން މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ ފްލެޓެއްގައި މަސްތުވާތަކެތި ގެންގުޅެ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިމަހުގެ 18 ވަނަ ދުވަހުގެ ރޭ 01:30 ހާއިރު ހިންގި މި އޮޕަރޭޝަނެއްގައިކަމަށް ފުލުހުން މައުލޫމާތް ދެއެވެ.

އެފުލެޓުގެ ވެރިފަރާތުގެ ހުއްދައާއިއެކު ފުލުހުން އެ ފުލެޓު ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން މައުލޫމާތް ދެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބޭތިއްބުމަށް ތިން މީހުންނަށްވެސް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.