Last Updated: July 6, 22:22
Sunday, July 6, 2025
ވިޔަފާރި

އައްޑޫގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަދޭ ސަރަހައްދުތައް ކަނޑައަޅަނީ

ފޮޓޯ- ސޯޝަލް މީޑިއާ

އައްޑޫ ސިޓީގައި ސައުވީސް ގަޑިއިރު ވިޔަފާރިކުރަން ހުއްދަދޭ ސަރަހައްދުތައް މި ހަފްތާ ތެރޭގައި ކަނޑައަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ ސައުވީސް ގަނޑިއިރު ވިޔަފާރި ކުރަން އެދޭ ފަރާތްތަކަށް އެކަމުގެ ހުއްދައަށް އެދެވޭނީ ސައުވީސް ގަޑިއިރު ވިޔަފާރި ކުރެވޭނެ ސަރަހައްދުތައް އެ މިނިސްޓްރީން ކަނޑައެޅުމުން ކަމަށެވެ.

އަދި އެސަރަހައްދުތައް ކަނޑައެޅުމުގައި އިސްކަންދެވޭނެ ކަންތަކުގެ ތެރޭގައި، އެ ސަރަހައްދުތަކަކީ އާބާދީގެ ނިސްބަތުން ގިނަ އަދަދެއްގެ ބައެއް ދިރިއުޅޭ އަދި ބޮޑެތި މާރޓްތައް ހުންނަ ސަރަހައްދުތަކައްވުން ހިމެނެއެވެ.

24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދި ހުށައަޅާ ތަންތަނުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އެތެރެ ސާފުކޮށް ފެންނަ ގޮތަށް ހުރުމާއި، 24 ގަޑިއިރު އޮޕަރޭޓްކުރާ ކެމެރާ ހަރުކޮށްފައި ހުރުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަނަކަށްވުން ހިމެނެއެވެ.