Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ރިފްލެކްޓާސް ހަރުކުރިޔަސް އެއަށް އަލި ނޭޅޭނަމަ މަގު އަނދިރިވާނެ: ކައުންސިލް

ކިތަންމެ ގިނަ ރިފްލެކްޓާސް ހަރުކުރިޔަސް އެއަށް އަލިއެއް ނޭޅާހާ ހިނދަކު މަގު އޮންނާނީ އަނދިރިކޮށް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އައްޑޫ ލިންކް ރޯޑުގައި ހަރުކުރުމަށް ކައުންސިލާއި ތަކެތި ހަވާލުކޮށްފައިވާއިރު މި ތަކެތީގެ ތެރޭގައި ހިމެނެނީ ރޯޑް ސްޓަޑް އަދި ކެޓް އައި ރިފްލެކްޓާރސް އާއި، ޓްރެފިކް ސައިން ބޯޑާއި އެތަކެތި ހަރުކުރާ ޕޯސްޓާއި ތާމޯ ޕްލާސްޓިކް ރޯޑް ޕެއިންޓާއި ރިފްލެކްޓިވް ބީޑްސްއެވެ.

ކައުންސިލުން ބުނީ މިއިން އެއްވެސް އެއްޗަކީ އޭގެ ޒާތުގައި ބޮކިން އަލި އުފައްދާ ފަދައިން އަލި ދޭ އެއްޗެއްނޫން ކަމަށާއި ރިފްލެކްޓާސް އަކީ މަގުން ދުއްވާ އުޅަނދުތަކަށް މަގު އޮތްގޮތް އެންގުމަށްޓަކައި ބޭނުން ކުރާ އެއްޗެއް ކަމަށެވެ. އަދި އެއަށް އަލި އެޅުމުން އެއަލި އަނބުރާ ރިޕްލެކްޓް ކުރާ އެއްޗެއް ކަމަށްވެސް ކައުންސިލުން ހާމަކުރެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އައްޑޫ ލިންކް ރޯޑުގައި ހަރުކުރުމަށް މިތަކެތި ހަވާލު ކުރީ މިދަޔަ އަހަރުގެ ސެޕްޓެމްބަރު މަހު އޭރު އޮތް ސަރުކާރުގެ ނިމުން ގާތްވެ އިންތިޚާބު ބޯމަތިވެފައިވަނިކޮށް ކަމަށާއި މި ތަކެތި އޭރު ހުރީ ހައުސިންގ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަމަށްވެސް ކައުންސިލުން ބުނެއެވެ.

އަދި ވެރިކަން ބަދަލުވުމަށްފަހު ޓްރާންސްޕޯޓް މިނިސްޓްރީއާއި ކައުންސިލާ މަޝްވަރާ ކުރެވުމަށްފަހު އެތަކެތި ހަރުކުރުމުގެ މަސައްކަތް ފެށުމަށްޓަކައި މިދިޔަ އެޕްރީލް މަހުގެ ފަހުކޮޅު ޕަބްލިކް ވޯކްސް ސާވިސަސްއާއި ތަކެތި ވަނީ ހަވާލު ކުރެވުނު ކަމަށާއި އެ މަސައްކަތް ފެށުމަށް ކުރަންޖެހޭ ކަންކަން ކައުންސިލުން ވަނީ މިހާރު ފަށާފައިވާ ކަމަށްވެސް ކައުންސިލުން ބުނެއެވެ.