Last Updated: April 20, 07:18
Saturday, April 20, 2024
ކުޅިވަރު

ކްރޫސް ހަތަރު އަހަރަށް ކޮންޓްރެކްޓް އާކޮށްފި

ރެއާލް މެޑްރިޑުގެ ޖަރުމަނު މިޑްފީލްޑަރު ޓޯނީ ކްރޫސް އެ ކްލަބުގައި އިތުރު ހަތަރު އަހަރު މަޑުކުރުމަށް ކޮންޓްރެކްޓް އާކޮށްފި އެވެ.

ރެއާލްގެ ކޮންޓްރެކްޓް އާކުރުމުން އުމުރުން 29 އަހަރުގެ ކްރޫސް އެ ކްލަބުގައި 2023 ވަނަ އަހަރާ ހަމައަށް ހުންނާނެއެވެ.

2014 ވަނަ އަހަރު ޖަރުމަނުގެ ގައުމީ ޓީމާއެކު ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފައިވާ ކްރޫސް ރެއާލް އަށް ބަދަލުވީ 2014 ވަނަ އަހަރު ބަޔާން މިއުނިކުންނެވެ. ކްރޫސް އަކީ ރެއާލްގެ މެދުތެރޭގައި މުހިއްމު ދައުރެއް މިހާރު އަދާކުރަމުން އަންނަ ކުޅުންތެރިއެކެވެ.

މިހާތަނަށް ރެއާލަށް 233 މެޗު ކުޅެދީފައިވާ ކްރޫސް ވަނީ ރެއާލްގައި ހޭދަކުރި ފަސް އަހަރުގެ ތެރޭ އެ ކްލަބާއެކު 11 ތަށްޓެއް ކާމިޔާބުކޮށްފައެވެ.