Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

"ބިދޭސީން ކުރާ ބުރަމަސައްކަތުގެ އަގުވަޒަންކޮށް އެމީހުންނަށް އަޅާލައި އޯގާތެރިވާން އެބަޖެހޭ"

ބިދޭސީން ކޮށްދެމުން އެދާ ބުރަމަސައްކަތުގެ އަގުވަޒަންކޮށް އެމީހުންނަށް އަޅާލައި އޯގާތެރިވާން އެބަޖެހޭ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދުންޔާ މިހެން ވިދާޅުވެފައިވަނީ ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.

"ބިދޭސީންނަށް ލިބެންވާ އިޙްތިރާމް ދީ އެމީހުންގެ ހައްޤުތައް ރައްކާތެރިކުރަން މަސައްކަތްކުރުމަކުން ދިވެހިންގެ އަމިއްލަވަންތަކަން އުނިވެގެންނެއް ނުދާނެ! ބިދޭސީން ކޮށްދެމުން އެދާ ބުރަމަސައްކަތުގެ އަގުވަޒަންކޮށް އެމީހުންނަށް އަޅާލައި އޯގާތެރިވާން އެބަ ޖެހޭ!" ދުންޔާ ވިދާޅުވިއެވެ.

އެ ކަމަނާ އަލިއަޅުއްވާލައްވާފައި މިވަނީ ވަރަށް ވެސް މުހިއްމު މައުޟޫޢުއަކަށެވެ. މި ދިވެހި މުޖުތަމަޢުގައި ބިދޭސީން ގިނައިން ދިރިއުޅެމުންދާ އިރު އެމީހުން ކުރާ ބުރަ މަސައްކަތް ހަނދާން ނައްތާލާ އެމީހުންނަށް ދޭންޖެހޭ އުޖޫރަނުދީ ބިކަކޮށް ރަށުތެރެއަށް ދޫކުރާ މަންޒަރަކީ ފަހަކަށް އައިސް ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. މިއީ އެއްވެސް ހާލެއްގައި މިކަން ކޮށްގެންވާނެ ގޮތެއް ނޫނެވެ.