Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

"އައްޑޫ ހޮސްޕިޓަލުގައި އިންކިއުބޭޓަރ އެއް ނެތުން މިއީ ބަލައިގަނެވޭނެ ކަމެއް ނޫން"

އައްޑޫ ހޮސްޕިޓަލުގައި އިންކިއުބޭޓަރ އެއް ނެތުން މިއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް(މަވޯޓާ) ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައިވަނީ ބަނޑަށް 7 މަހުގައި ނެގި ތުއްތު ކުއްޖަކަށް ފަރުވާ ދިނުމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އެންއައިސީޔޫގައި ބޭބީ އިންކިއުބޭޓަރ އެއް ނެތުމުގެ ސަބަބުން މާލެ ފޮނުވިތާ އެއްދުވަސްތެރޭ އެކުއްޖާ ނިޔާވުމާއިގުޅިގެން ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ދަނޑިވަޅުގައި އެ ބޭފުޅާ ކުރެއްވި ޓްވީޓެއްގައެވެ.

"އައްޑޫ ހޮސްޕިޓަލުގައި އިންކިއުބޭޓަރ އެއް ނެތުން މިއީ ބަލައިގަނެވޭނެ ކަމެއް ނޫން. ކަމާއިބެހޭ ފަރާތްތަކުން މިކަން ވަގުތުން ހައްލު ކުރުމަށް ގޮވާލަން." ޝަރީފް ވިދާޅުވިއެވެ.

ތުއްތު ކުއްޖާގެ މަރުގެ މައްސަލާގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ފޭސްބުކް ޕޭޖްގައި ބުނެފައިވަނީ ކުއްޖާ ފަރުވާ ދިނުމަށް އައިޖީއެމްއެޗްގެ އެންއައިސީޔޫއަށް ގެންދެވި ފަރުވާ ދެމުންދަނިކޮށް މަރުވެފައިވާ ކަމަށާއި ކުއްޖާ މަރުވީ ފްލައިޓު މަތީގައި ނޫންކަމަށެވެ.

ތުއްތު ކުއްޖާގެ މަރުގެ މައްސަލާގައި ހޮސްޕިޓަލުން ދިން ޖަވާބާއި ގުޅިގެން އެތައް ބަޔަކު ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.