Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު އައްޑޫ ސިޓީ ކައުންސިލް

އައްޑޫގައި ބެންޑްމިންޓަން ކޮމްޕްލެކްސްއެއް އެޅުމަށް އޭޕީސީ އާއި ހަވާލުކޮށްފި

ފޮޓޯ- އައްޑޫސިޓީ ކައުންސިލް

އައްޑޫގައި ބެޑްމިންޓަން ކޮމްޕްލެކްސްއެއް އެޅުމަށް އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް (އޭޕީސީ) އާއި ހަވާލުކޮށްފިއެވެ.

ބައިނަލްއަގްވާމީ ބެޑްމިންޓަން މުބާރާތް ބޭއްވޭ ފެންވަރަށް ހަދާ މި ކޮމްޕްލެކްސް އަޅަނީ ހިތަދޫ ޔޫތު ސެންޓަރުގައެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން އޭޕީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކުރީ މިއަދު އައްޑުސިޓީ ކައުންސިލް އިދާރާގައެވެ.

މިމަޝްރޫޢުގެ ދަށުން ހިތަދޫ ޔޫތު ސެންޓަރު އިމާރާތް ހުރި ބިމުގައި 4 ބެޑްމިންޓަން ކޯޓު އެކުލެވޭ ގޮތަށް ބެޑްމިންޓަން ހޯލަކާއި ބައިނަލްއަޤުވާމީ މުބާރާތްތައް ކުޅެވޭ ގޮތަށް އިތުރު ވަސީލަތްތައް ހިމެނޭ ގޮތަށް ދެބުރީގެ އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

ޖުމްލަ 6،061،191.4ރ ޚަރަދުކޮށްގެން އަޅާ މިބެޑްމިންޓަން ހޯލުގެ މަސައްކަތް ނިންމަށް ކަނޑައަޅާފައިވަނީ 120 ދުވަހުގެ ތެރޭގައެވެ.