Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

އަންހެން މީހާ އަށް އަނިޔާކުރި މީހުން ހޯދިއްޖެ: ފުލުހުން

ށ.ފޭދޫގައި ނުކުޅެދުންތެރިކަން ހުރި އަންހެނަކަށް އަނިޔާކުރި މީހުން ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އެ އަންހެން މީހާ އަށް އަނިޔާކުރި މައްސަލަ ޖެންޑާ މިނިސްޓްރީން ފުލުުހަށް ހުށަހަޅާފައިވާއިރު، ފުލުހުންގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ އަންހެން މީހާ އަށް އަނިޔާކުރި މީހުން ހޯދިފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.

އެމީހުންނާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައިނުވާއިރު، ތަހުގީގު ނިމުމުން އެ މައްސަލަ ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުރި އެ އަންހެންމީހާގެ ބޮލަށް ގޯންޏެއް މަހައި ހޮޅިދަނޑިއެއްގައި އައްސާފައި ހުރި ފޮޓޯތައް ސޯޝަލް މީޑީޔާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ.

ށ ފޭދޫ ކައުންސިލުން ބައެއް މީޑީޔާތަކަށް މައުލޫމާތުދެމުން ބުނެފައި ވަނީ މިހާދިސާ ހިނގުމުގެ ކުރިންވެސް އެ އަންހެން މީހާގެ ހާލަތު ބަޔާންކޮށް ދައުލަތުގެ އެކި މުއައްސަސާތަކަށް ސިޓީތައް ހުށައަޅާފައިވާ ކަމަށެވެ.