Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

ޑޮކްޓަރުންނާއި ނަރުހުންގެ ގާބިލުކަން އިތުރުކުރަން މަޝްވަރާކޮށްފި

ރާއްޖޭގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުންގެ ގާބިލުކަން އިތުރުކުރަން ރާއްޖެ އާއި މެލޭޝިއާ އިން މަޝްވަރާކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވަނީ ސްވިޒްލޭންޑްގެ ޖެނީވާގައި ކުރިއަށްދާ ވޯލްޑް ހެލްތް އެސެމްބްލީގެ ތެރެއިން ރާއްޖޭގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، މެލޭޝިއާގެ ހެލްތު މިނިސްޓަރު ޑރ. ޒުލްކިފްލީ އަހުމަދާއެކު ބޭއްވި ބައްދަލުވުމުގައެވެ.

މިބައްދަލުވުމުގައި ސިއްހީ ދާއިރާއަށް ދިމާވާ ގޮންޖެހުންތަކާއި ކުރިއެރުމަށް ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ޑޮކްޓަރުންނާއި ނަރުހުން ތަމްރީނުތަކާއި އަދި ގާބިލުކަން އިތުރުކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ.

މިއަހަރުގެ ހެލްތު އެސެމްބްލީގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ 194 މެންބަރު ޤައުމުން ވަނީ ބައިވެރިވެފައެވެ. މިމަހުގެ 20 ން 28 އަށް ކުރިއަށްދާ މި ބައްދަލުވުމުކީ ދުނިޔޭގެ ސިއްޙީ ދާއިރާގެ އެންމެ މަތީ ވެރިންނާއި އަދި އެދާއިރާގެ އެންމެ ކުރީ ސަފުގައި މަސައްކަތްކުރައްވާ ފަރާތްތަކުގެ މެދުގައި ބޭއްވޭ ސިއްޙަތާއިބެހޭ އެންމެ މުހިންމު ބައްދަލުވުމެވެ.