Last Updated: May 11, 06:48
Saturday, May 11, 2024
ވިޔަފާރި

މޯލްޑިވްސް ގެޓަވޭސް ރީބްރޭންޑްކޮށްފި

ދިވެހި ޕީއާރު ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ގެޓަވޭސް ރީބްރޭންޑް ކޮށްފިއެވެ.

ރީބްރޭންޑް ކުރުމަށްފަހު މޯލްޑިވްސް ގެޓަވޭސްގެ ނަން މިހާރު ވަނީ "އޮރކާ މީޑިއާ ގުރޫޕް" ގެ ނަމަށް ބަދަލުކޮށްފައެވެ.

މޯލްޑިވްސް ގެޓަވޭސްއިން ބުނީ ކުންފުނީގެ ނަން ރީބްރޭންޑް ކޮށްފައިވަނީ އެހެން ދާއިރާތަކަށް ބައިނަލްއަގްވާމީ މިންގަނޑެއްގައި އެ ކުންފުނި ފުޅާ ކުރުމުގެ މަގްސަދުގައި ކަމަށެވެ.

އެގޮތުން އެ ކުންފުނީގެ މައިގަނޑު މަގުސަދަކީ ޕްރިންޓް މީޑިއާގެ އިތުރުން ޑިޖިޓަލް މީޑިއާ އަދި ފޭސް ޓު ފޭސް އިވެންޓްސް ކުރިއަށް ގެންދިއުން ކަމަށާއި އަދި އިވެންޓް މެނޭޖްކުރުމާއި، ޕަބްލިޝްކުރުން، ވީޑިއޯގްރަފީ އަދި އެކި ޕްލެޓްފޯމްތަކަށް ކޮންޓެންޓް ކްރިއޭޓް ކުރުން ފަދަ މަސައްކަތްތައްވެސް އޮރްކާ މީޑިއާ ގްރޫޕް އިން ކުރާނެ ކަމަށް ބުނެފައިވެ އެވެ.

"އޮރކާ މީޑިއާ ގުރޫޕް" ގެ ނަމަށް ބަދަލުކޮށްފައިވާ މޯލްޑިވްސް ގެޓަވޭސްއިން ކުރިއަށްގެންދާ އިވެންޓްތަކަށް ބަލާއިރު، ގޯލްޑް 100، އިންޑިއަން އޯޝަން ބިޒްނަސް ފެސްޓިވަލް އަދި ޓްރެވެލް ޓްރޭޑް މޯލްޑިވްސް ހިމެނެއެވެ. އޮރކާ މީޑިއާ ގުރޫޕްގެ ދަށުން ހިންގާ ޕްރިންޓް މެގަޒިންތަކުގެ ތެރޭގައި ޓީޓީއެމް އޮންލައިން، އެމްވީ ޕްލަސް ވީޑިއޯ ނިއުސް، އަދި ކޯޕަރޭޓް މޯލްޑިވްސް ހިމެނެއެވެ.