Last Updated: April 25, 22:42
Thursday, April 25, 2024
މުނިފޫހިފިލުވުން

ދީވާނާ 2 (ފަންސާސްވަނަބައި)

ކައިވެންޏާއި ގުޅިގެން އާއިންއާއި ޝައުންއަށްވެސް ކުންފުނީގެ ފަރާތުން ދެހަފްތާގެ ހަނީމޫން ދަތުރެއްވެސްވަނީ އެމީހުން ބޭނުން ކޮންމެ ޤައުމަކަށް ދިއުމަށް ހަމަޖައްސައިދީފައެވެ. ޝައުން ފާޅުގައި އެކަމާ އިންކާރުކުރި ނަމަވެސް އާއިންއަކަށް ބައްޕަގެ އެނިންމުމާ ދެކޮޅު ހަދާކަށް ނުކެރުނެވެ. އެހެންކަމުން އާއިން އެދަތުރު ދިއުމަށް އެއްބަސްވިއެވެ.

" ޝައުން….ބައްޕަގެ ނިންމުމަށް އިހުތިރާމު ކުރުމުގެގޮތުން އަހަރެމެންނަށް މިދަތުރު ދެވިދާނެއްނު….ޝައުން ބޭނުންތާކަށް އަހަރެމެންދާނީ….އެންމެ ރަނގަޅު….ކޮންމެގޮތެއްވިޔަސް ޗުއްޓީއަކަށްވެސް އަހަރެމެން މިތިބީ ބޭނުންވެފަ….ނޫންތަ؟…" އާއިން މަޑުމައިތިރި ކަމާއެކު ޝައުންއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. ޝައުންވެސް އެކަމާމެދު ވިސްނާލިއެވެ. އޭނާވެސް ކުޑަދުވަސްކޮޅަކަށް ނަމަވެސް ޗުއްޓީއެއް ބޭނުމެވެ. ނަމަވެސް ރާއްޖެއިން ބޭރަށް ދިއުމުގެ ޚިޔާލެއް އޭނާގެ ނެތެވެ.
" އެންމެ ރަނގަޅު…އަހަރެން ބޭނުމީ ނާޒްމެން ރަށަށްދާން….އެރަށް ވަރަށްރީތިކަމަށް ނާޒްބުނި ހަނދާނެއްވޭ….އެކަމު އަހަރެން ބޭނުމީ ނާޒްވެސް ގޮވައިގެންދާން…އަދިވެސް އެދަތުރުގަ ބައިވެރިވާން ބޭނުން އެންމެން ގެންދަންބޭނުން…" ޝައުން އޭނާ ބޭނުންވާ ގޮތް ހާމަކުރުމުން އާއިން އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އޭނާ ހީކޮށްގެންހުރީ ޝައުން ބޭނުންވާނީ ޔޫރޮޕްގެ ކޮންމެވެސް ޤައުމަކަށް ދިއުމަށްކަމަށެވެ.

" ހަމަ ސީރިއަސްކޮށް ބުނި އެއްޗެއްތަތީ؟…" ޔަޤީންނުވެފައި އާއިން އަހާލިއެވެ.

" އާނ…ހަމަ ސީރިއަސްކޮށް….އަހަރެން ބޭނުމެއްނޫން ކޮންމެވެސް މާލޯބިން އިން ދެމީހުންހެން ހަނީމޫން ހަދަން ދެމީހުން ވަކިންދާކަށް….އަހަރެން ބޭނުންވަނީ އަތޮޅުތެރޭގެ ރީތި ރަށެއްބަލާލަން…." ޝައުން އޭނާ ބޭނުންވާގޮތް ވަރަށް ސާފުކޮށް ބުނެދިނެވެ. އެހެންކަމުން ޝައުންގެ އެދުމުގެމަތިން ކެލަޔަށް ދިއުމަށްޓަކައި އާއިން ނިންމިއެވެ. އަދި ދަތުރުގެ ވާހަކަ އާއިލާގެ އެހެންމީހުންނާވެސް ހިއްސާކުރިއެވެ. ފަރަހަނާޒަށް އެޚަބަރު ލިބުމުން އޭނާ ހައިރާންވި ނަމަވެސް އުފާވެސްވިއެވެ.

އެދަތުރުގައި އާއިންމެންނާއި ބައިވެރިވި އަނެއްޖޯޑަކީ އައިރާއާއި މާޒްއެވެ. އިޒްޔަންހުރީ އެދަތުރުގައި ނުހަނު ބައިވެރިވާހިތުންނެވެ. ނަމަވެސް އުޝާހުރި ހާލަތުން އޭނާއަށް ދެވެންނެތީއެވެ. ފަރަހަނާޒްގެ އެދުމަށް ތޫބާވެސް އެދަތުރުގައި ބައިވެރިވާން ނިންމިއެވެ. ނަމަވެސް އަރްވިންއަށް ދެވެންނެތުމުން އަމީލާ ތޫބާއާއެކުގައި ދިއުމަށް އެއްބަސްވިއެވެ. އާއިން ދެވަނަ ކައިވެންޏެއް ކުރީތީ އަމީލާހުރީ ކޮންމެވެސް ވަރަކަށް އެކަމާ ނުރުހުންވެފައެވެ. ފަރަހަނާޒްދެކެ އޭނާ އަމިއްލަ ދަރިޔަކު ފަދައިން ލޯބިވެއެވެ. އެހެންކަމުން ފަރަހަނާޒަށް ދެރައެއް ލިބުމަށް އޭނާ ނޭދެނީއެވެ. ނަމަވެސް އާއިންގެ މުސްތަޤުބަލަށް ވިސްނާފައި އޭނާ ހިތްހަމަ ޖައްސާލިއެވެ.
ޖެހިގެން އައި ހޮނިހިރު ދުވަހުގެ ހެނދުނު ނުވައެއްގެ ފްލައިޓުން އެމީހުން ދަތުރުފެށިއެވެ. ފަރަހަނާޒްގެ އެދުމުގެ މަތިން ހާދީވެސް އެދަތުރުގައި ބައިވެރިވިއެވެ. ހަނިމާދޫ ވައިގެ ބަނދަރުން އެމީހުން ނުކުތްއިރު، ލޯންޗްއޮތީ އެމީހުންގެ އިންތިޒާރުގައެވެ. އެމީހުން ލޯންޗަށް އެރުމާއެކު ލޯންޗް އޭގެ މަންޒިލަށް ދިއުމަށްޓަކައި ދަތުރު ފެށިއެވެ. ބައިގަޑިއެއްހައި އިރުފަހުން އާއިންމެން ތިބީ ކެލާގެ ބަނދަރުގައެވެ. ފަހުދު އޭނާގެ ވޭނުގައި އެމީހުންގެ އިންތިޒާރުގައި ތިއްބެވެ.

" ހިޔެއްނުވޭ އެންމެނަށް އެއްފަހަރާ ދެވޭނެހެނެއް ވޭނުގަ….އެހެންވީމަ ކޮންމެވެސް ދެމީހަކު އަހަރެންގެ ސައިކްގަ ދާންވީނު…" އާއިންމެން ފޮށިތައް ހިފައިގެން ފޭބުމުން އެމީހުންގެ ގާތަށް ޖެހިލާފައި ފަހުދު ބުންޏެވެ.

" އާނ…އާން ދޭ މިމީހުން ގޮވައިގެން ފަހުދާއެކު، އަހަރެންނާ އައީ ހިނގައިދާނަން ސައިކްގަ…." ފަހުދުގެ އަތުން ތަޅުދަނޑި ހޯދައިގެން ސައިކަލާދިމާއަށް ހިނގައިގަންނަމުން މާޒްބުނެލިއެވެ.

" އެންމެ ރަނގަޅު…މަންމަމެން ހިނގާ އަރަން…" އާއިން ފޮށިތައް ހިފައިގެން ވޭނާ ދިމާއަށް ހިނގައިގަންނަމުން ބުންޏެވެ. ފަހުދާއިއެކު ކުރިޔަށް ހާދީ އެރިއިރު، ފަރަހަނާޒްއާއި ތޫބާ އަދި އަމީލާ އެރީ ފަހަތަށެވެ. ނަމަވެސް ޝައުން އަރަންބެލިއިރު ޖާގައެއްނެތެވެ. އެހެންކަމުން އާއިންއާއި ޝައުންއަކަށް އެރޭގޮތެއް ނުވިއެވެ.

" ދެމީހުން ބާކީވީދޯ….މަޑުކުރޭ! އަހަރެން އެބަގުޅަން އަހުސަންއަށް….އޭނާއައީމަ އޭނަގެ ސައިކްގަ ތިދެމީހުންދޭ އޯކޭ…" ފަހުދު އޭނާގެ ފޯނުނަގައި އަހުސަނަށް ގުޅާލަމުން ބުންޏެވެ. އެވަގުތު އާއިންއަށް އެވަގުތު ފަރަހަނާޒްއާ ދިމާބަލާލެވުނެވެ. ފަރަހަނާޒްއަށް އެއްޗެއް ވިސްނިގެން އެކަމާ އެއްބަސްވުމުގެ ގޮތުން އޭނާ ހިނިތުންވެލިއެވެ.

" އޭނާ ބޭނުންވީ ގޮތް އެވީ…އާންއެކީ ދާހިތުން ކުރިން ނާރަން އެހުރީވެސް" ތޫބާ ސިއްރު ސިއްރުން ފަރަހަނާޒް ކަންފަތްދޮށުގައި ބުނެލިއެވެ.

" ތަންނެތީމައެއްނު ނޭރުނީ…ތޫއަބަދު ގޯސްކޮށް ނުވިސްނަބަލަ!…" ޚުދު އޭނާގެ ހިތުގައިވެސް ޝައްކުކަމެއްވީއިރު،އެކަން ފޮރުވަމުން ފަރަހަނާޒް ބުނެލިއެވެ.

" ނާޒް ތިގޮތަށް ދޫކޮށްލައިގެން ހުއްޓާ ގޯސްވާނީ…" ތޫބާ ނުރުހިފައި އަނެއްކާވެސް ބުނެލިއެވެ. ނަމަވެސް ފަރަހަނާޒް އެއަށް ރައްދެއް ނުދިނުމުން ތޫބާ އެވާހަކަ ހުއްޓާލިއެވެ.

ފަހުދު ދިޔަތާ ގިނައިރުތަކެއްނުވެ އަހުސަންއާ އޭނާގެ ރަހުމަތްތެރިޔަކު އައެވެ. އަހުސަން އޭނާގެ ސައިކަލު އާއިންއަށް ދިނުމަށްފަހު ރަހުމަތްތެރިޔާގެ ސައިކަލުގެ ފަހަތަށް އެރިއެވެ.

" ނާރަންތަ ތިހުންނަނީ؟…" އާއިން ސައިލަށް އެރުމުންވެސް ޝައުން ބަލަންހުރުމުން އެހިއެވެ. ޝައުން އެއްޗެއް ނުބުނެ އާއިންގެ ސައިކަލުގެ ފަހަތަށް އެރިއެވެ. އޭނާވިސްނަމުން ދިޔައީ އެހެންމީހުން ހީކޮށްފާނެ އެއްޗަކާމެދުގައެވެ.

" އަހަރެންނާއެކު ދާންޖެހުމުން ހިތްހަމަ ނުޖެހިފަތަ ތިއިނީ؟…" ޝައުން ހިމޭނުން އިނުމުން އާއިންއެހިއެވެ.

" އާން ވަރަށް ހިތްހަމަޖެހިފަތަ ތިއިނީ؟.." އާއިންގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ޖެއްސުމުގެ ރާގަކަށް ޝައުން އެހިއެވެ.

" އާނ…އަހަރެން ކީއްވެ ހިތްހަމަ ނުޖެހެންވީ؟….އަހަރެން ވަރަށް އުފަލުން މިހުރީ ޝައުން އަހަރެންނާއެކު ސައިކަލަށް އެރީތީ…" ހީލަމުން އާއިން ޖަވާބުދިނެވެ.

" އެކަމު ނާޒްއިނީ ވަރަށް ހިތްހަމަ ނުޖެހިފަހެން ހީވަނީ….ހަމަގައިމުވެސް އާންގެ މަންމައާ ތޫބާތިބީ ވަރަށް ފާޑަކަށް…." ޝައުން އޭނާގެ ކަންބޮޑުވުން ފާޅުކުރިއެވެ.

" ތިއީ ޝައުންއަށް ހީވާގޮތް….ޝައުން މާބޮޑަށް އެމީހުނާމެދު ގޯސްކޮށް ވިސްނާތީ ވާގޮތް ތީ…އެމީހުން ކީއްވެ ޝައުންދެކެ ނުރުހެންވީ….ނާޒްއާ ޝައުންއާ އަހަރެންނަށްވާނީ ހަމަހަމަކަން އެމީހުނަށްވެސް އެނގޭނެދޯ…ޝައުން އެކަމާ މާބޮޑަށް ނުވިސްނަބަލަ!…އެމީހުނާ ދުރުދުރުން ނޫޅެ ވާހަކަދައްކާ ހެދީމަ އެމީހުންވެސް ވާހަކަދައްކާނެ…" އާއިން ޝައުންއަށް ވިސްނައިދިނެވެ. ޝައުން އިތުރު އެއްޗެއް ނުބުނެ ހިމޭނުންއިނީ އެކަމާ އިތުރަށް ވާހަކަދައްކަން ބޭނުންނުވީތީއެވެ.

ފަހުދުގެ ގެކައިރީގައި ވޭންމަޑުކޮށްލިއިރު، މާޒްއާއި އައިރާ އެމީހުންގެ އިންތިޒާރުގައި ތިއްބެވެ. ފަހުދު ވޭން ޕާކްކުރުމަށްފަހު ފޭބުމުން އެހެންމީހުންވެސް ވޭނުން ފޭބިއެވެ.

" ކީއްވެ މާޒްމެން ނުވަދެ ތިތިބީ…ވަދޭ އެތެރެއަށް…އަންހެނުން ހުންނާނެ އިންތިޒާރުގަ….އަހަރެންދާނަށް ފޮށިތައް ހިފައިގެން…" މާޒްއަށް ބަލާލަމުން ފަހުދު އެދުނެވެ.

" ފޮށިތައް ހިފައިގެން ވަންނަން މިމަޑުކުރީ…." އެހެން ބުނުމަށްފަހު މާޒްއައިސް ފަހުދުއާއެކު ފޮށިތައް ބާލަންފެށިއެވެ.
" އަދިވެސް އާން ދައްކައެއްނުލާ….މަގުއޮޅުނީބާ؟.." ފޮށިތައް އެތެރައަށް ވައްދާފައި ނުމުގެ ބޭރުބަލާލަމުން މާޒް ބުނެލިއެވެ.
" ނޫނޭ…މަގެއްނޯޅޭނެ…އަހުސަން އަންނާނެ އެމީހުނާއެކު…" ފަހުދު އޮޅުން ފިލުވައިދިނެވެ.

އެންމެން އެތެރެއަށްވަނުމުން ފަހުދުގެ އަންހެނުން މެހެމާންދާރީކުރުމަށް އަވަސްވެގަތެވެ. އެމީހުނަށްޓަކައި ތައްޔާރުކޮށްފައިވާ ފިނިބުއިމެއް ގެނެސް ފަރަހަކު މީހަކަށް ތައްޓެއްދޭން ފެށިއެވެ. ގިނައިރުތަކެއްނުވެ އާއިންއާއި ޝައުންވެސް އަތުވެއްޖެއެވެ.
" ކޮންބައެއް މިގޭގަ ތިބޭނީ؟…" އަތުގައިހުރި ޖޫސްތަށިން އެތިފޮދެއްބޯލަމުން މާޒް އެހިއެވެ.

" މިގޭގަ އެންމެންވެސް ތިބޭނީ….އަހަރެމެންދާނީ މަންމަގެޔަށް….މިތިންކޮޓަރީގަ އެންމެނަށް ތިބެވޭނެއްނުދޯ….ނާޒްއާ އާންއަށް ކޮޓަރިއެއް…މާޒްއާ މާޒް އަންހެނުންނަށް ކޮޓަރިއެއް…ދެންތިބީ ތިންއަންހެނުންވީމަ އެއްކޮޓަރީގަ ތިބެވޭނެއްނު…ދެން ހާދީބޭބެދާނީ އަހަރެމެންނާއެކު އެގެއަށް…" ފަހުދު އޭނާ ވިސްނާފައިވާގޮތް ހާމަކުރިއެވެ.

ޝައުންއަކީވެސް އާއިންގެ އަނތްބެއްކަމެއް ފަހުދަށް އެނގިފައެއް ނެތެވެ. ޝައުންގެ އެދުމަށް އާއިންއާއި މާޒްވެސް އެވާހަކަ އޮތީ ސިއްރުކޮށްފައެވެ. އެހެންކަމުން އޭނާ ކޮޓަރި ހަމަޖެއްސިއިރު އެގޮތަށް ނުވިސްނީއެވެ. ފަހުދުގެ ނިންމުން އަޑުއިވިފައި ޝައުން އާއިންއާ ދިމާބަލާލިގޮތުން އޭނާ ހިތްހަމަނުޖެހުނީކަން އާއިންއަށް އެނގުނެވެ. ނަމަވެސް އެންމެންގެ ކުރިމަތީގައި ސުވާލުނުކުރަންވެގެން އާއިން ފޯނުނަގާފައި ޝައުންއަށް މެސެޖްކޮށްލިއެވެ.

" އަހަރެން ބޭނުމީ އެކަނިކޮޓަރިއެއް….މަންމަމެންނާއެކު އުޅެން އަހަރެންނަށް ވަރަށް އުނދަގޫވާނެ…" ޖަވާބުގައި ޝައުން ބުނެލިއެވެ.

" އަހަރެން ގޮތެއް ހަމަޖައްސާނަން…." އާއިން މެސެޖްކޮށްލިއެވެ.

ފޮށިތައްމަތި ކޮޓަރިއަށްލައި ނިމުމުން އާއިން ފަހުދުއާ ބައްދަލުކޮށް ޝައުންއަށް ވަކިކޮޓަރިއެއް ހަމަޖައްސައިދިނުމަށް އެދުނެވެ.

" އެންމެ ރަނގަޅު…އަހުސަންމެންގެ ގޭގަ ހުންނާނެ ހުސްކޮޓަރިއެއް….މިގެއާ ވަރަށް ކައިރިވާނެ…ކިހިނެއްވާނީ އެގޮތް؟.." ފަހުދު ލަފާދިނެވެ.

" ކިހިނެއްވީ؟…ކޮންކަމެއް ތިނިންމަނީ؟.." މާޒްއައިސް އެމީހުންގެ ގާތަށް ހުއްޓެމުން އެހިއެވެ. އެވަގުތު ފަހުދު އޭނާ ދެއްކި ވާހަކަ ތަކުރާރުކޮށްލިއެވެ.

" ނޫން ތިގޮތް ކަމަކު ނުދޭ…އަހަރެންނާ އައީ ހިނގައިދާނަން އެގެއަށް….ޝައުންއަށް އަހަރެމެންގެ ކޮޓަރިދީ….ޝައުން އެކަނި ވަކިން ބެހެއްޓުން ރަނގަޅެއްނުވާނެ…." މާޒް އޭނައަށް ފެންނަގޮތް ހާމަކުރިއެވެ.

" ތިވީ މާރަނގަޅަށްނު…އެހެންވީމަ އަހުސަންގާތު ބުނާނަން މާޒްގެ ތަކެތި ހިފައިގެން ގޮސް ކޮޓަރި ތައްޔާރުކޮށްލަދޭށޭ….އޭރުންނެއްނު ހަމަޖެހިލައިގެން ތާކުޖައްސާލެވޭނީވެސް…." ބޭރުދޮރާ ދިމާއަށް ހިނގައިގަންނަމުން ފަހުދު ބުނެލިއެވެ. މާޒްގޮސް އެމީހުންގެ ސާމާނުތައް ބޭރަށްނެރުމާއެކު އަހުސަންއައިސް އެތަކެތި ހިފައިގެން ނުކުތެވެ.

" ކޮންތާކަށް އެގެންދަނީ؟…" އެމަންޒަރު ފެނިފައި ހައިރާންވެފައި އައިރާ އެހިއެވެ.

" އަހަރެމެން ދަނީ އަހުސަންމެން ގެއަށް…..ޝައުންއަށް މިކޮޓަރިދީފަ….އޭނައާ އާންއަށްވެސް ނިދޭގޮތަށް ވަކި ކޮޓަރިއެއް ދޭންޖެހޭނެއްނު….އޭނަގެ ހަނީމޫންވިއްޔަ…" ހީލަމުން މާޒް ޖަވާބުދިނެވެ.

" އެކަމު އެގޭގަވެސް ވަކިކޮޓަރިއެއްގައެއްނު ހުންނާނީ…" ވިސްނާލާފައި އައިރާ ބުންޏެވެ.

" އެކަމު…އާން މިކޮޅުގަ އޮންނަ ރޭރޭ ޝައުން ހުންނާނީ އެކަންޏެއްނު….އެގޮތް ކަމަކު ނުދާނެއްނު…" މާޒް އޮޅުންފިލުވައިދިނެވެ.
" ހޫމް…މިތާ ދެއަނބިންތިބީމަ ދޮންބެއަށްވެސް ފަސޭހަވާނެތާ….ރޭދެބައިވީމަ އެހެންގެއަކަށް ދާންނުޖެހިވާނެއްނު" ރަކިގޮތަކަށް ހީލަމުން އައިރާ ބުންޏެވެ.

" އާނ ކިހާ ސަޅިވާނެ އެއްރޭވެސް ދެމީހުންގާތުގަ ނިދޭނެ….މަވެސް ހިތަށްއަރާ ދެވަނަ މީހަކު ހޯދަން…" އައިރާއަށް ގޯނާކޮށްލުމުގެ ގޮތުން މާޒް ބުނެލިއެވެ. އެވަގުތު އައިރާ ތުންއޫކޮށްލާފައި މާޒްގެ ގައިގާ ބޮނޑިއެއް އަޅާލިއެވެ.

ޝައުންގެ ތަކެތި ވަކިކޮޓަރިއަކަށް ވެއްދި މަންޒަރު ފެނުމުން ތޫބާއަށް ހިމޭނަކުން ނުއިނދެވުނެވެ. އޭނާ ފަރަހަނާޒްގެ ގާތަށް ގޮސް އެވާހަކަވެސް ބުނެފިއެވެ. ފަރަހަނާޒް އެއީ މައްސަލައެއްނޫންކަމަށް ބުނެ އެވާހަކަ އޮއްބާލިއެވެ.

" ނާޒް…އަހަރެން ހަމަ ހައިރާންވޭ ނާޒް ތިހާ ހަމަޖެހިފަ ހުންނާތީ….އޭނަ އަހަރެމެންނާއެކު ހުންނަގޮތަކަށް ހަމަޖެއްސީމަ ޔަޤީން ކޮންމެވެސް ބަހަނާއެއް ދައްކައިގެން ވަކިކޮޓަރިއަކަށް ދިޔައީކަން….އޭރުންނެއްނު އާންއަށް ފުރުސަތުދެވޭނީ…" ތޫބާ ނުރުހުންވެފައި ބުނެލިއެވެ.

" ތޫ…ހާދަވަރަކަށޭ އެކަމާ ތިވިސްނަނީ….އަހަރެންބުނީމެއްނު އާންއަށް އަހަރެން އިތުބާރު ކުރަމޭ…އަދި ޝައުންއާމެދު ހިތްބަރު ކުރާކަށްވެސް އަހަރެން ބޭނުމެއްނޫން….އޭނަގެ ރަނގަޅުކަމުންދޯ ބޭރު ޤައުމަކަށް ނުގޮސް އަހަރެމެން ގޮވައިގެން މިރަށަށް އައީ….އޭނަ ބޭނުންނަމަ ޔޫރޮޕްގެ ކޮންމެ ޤައުމަކަށްވެސް ދާނެ ފުރުސަތު އޮތް…" ފަރަހަނާޒް ބޭނުންވީ ތޫބާވެސް ޝައުންއާމެދު ރަނގަޅަށް ވިސްނުމަށެވެ.

" މިރަށަށް އެއައީވެސް އޭނަ އުޅޭ ވައްތަރު ނާޒްއަށް ދައްކަން ކަމަށްވާނީ….އޭރުންނެއްނު ނާޒްބޮޑަށް ދެރަވާނީ…ނާޒްއަކަށް އެވަރުވެސް ނުވިސްނޭނެ….އޭނަ ބޭނުން ކޮންމެގޮތެއް އާން ހަދާދޭނެ…" ތޫބާ އަދިވެސް ހުރީ ނުރުހިފައެވެ.

" ތޫ އަހަރެންނަށް ހިތްވަރު ދިނުމުގެ ބަދަލުގަ ތިގޮތަށް ވާހަކަދެއްކީމަ އަހަރެންނަށް ކިހިނެއްވާނީ؟….އަހަރެން އަބަދު މިމަސައްކަތްކުރަނީ އެއީ ވަގުތީކަމެއްކަން އަހަރެންގެ ހިތަށް ވިސްނާދެވޭތޯ…އެކަމާ ވިސްނާ ފިކުރު ނުކޮށްވޭތޯ…އެކަމު ތިކަހަލަ ވާހަކަ ދެއްކީމަ ނުވިސްނަން ހުއްޓަސް ވިސްނޭ…" ހިތާމައިގެ އާހެއް ބޭރުކޮށްލަމުން ފަރަހަނާޒް ޝަކުވާކުރިއެވެ.

" ސޮރީ…ހައްތަހާވެސް ނާޒްއާމެދު ކަންބޮޑުވާތީ މިކަހަލަ ވާހަކަދެއްކެނީ….އެއްވެސް ހާލެއްގަ ނާޒް ދެރަކުރާކަށްނޫން…..ދެން އެކަމު ނާޒްގާތު އެކަހަލަ އެއްވެސް ވާހަކައެއް ނުދައްކާ ވޭތޯ ބަލާނަން…" ތޫބާ ދެރަވެލާފައި މާފަށް އެދުނެވެ.

ޝައުންއަށް ކޮޓަރިއަށް ވަދެވުމާއެކު ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އޭނާ ފޮށިހުޅުވާލުމަށްފަހު ތުވާއްޔާއި ފެންވަރާ ސާމާނު ނަގައިގެން ގޮސް ފާޚާނާއަށް ވަނެވެ. ފެންވަރާލައިގެން އައިސް އެނދުގައި އޮށޯވެ އިރުކޮޅެއްނުވެ އޭނާއަށް ނިދިއްޖެއެވެ.
އެންމެންވެސް ވަރުބަލިވެފައި ތިބުމާއެކު ކޮޓަރިތަކަށްވަދެ އަރާމުކޮށްލުމަށް އަވަސްވެގަތެވެ. ފަރަހަނާޒްވެސް އަޔާނާ ނިދިއައިސްގެން އުޅެންފެށުމުން ކޮޓަރިއަށްވަނެވެ. ތޫބާއާއި އަމީލާވެސް އެމީހުނަށް ޚާއްސަކުރެވިފައިވާ ކޮޓަރިއަށްވަދެ، މުޅި ގޭތެރެ ހިމޭން ވެއްޖެއެވެ. މާޒްމެންނާއެކު އަހުސަންގެ ގެޔަށްގޮސް އާއިން އެނބުރި އައިރު ގޭތެރެއޮތީ އެއްކޮށް ހިމޭންވެފައެވެ. އެހެންކަމުން އޭނާވެސް ފަރަހަނާޒް އޮތްކޮޓަރިއަށްވަދެ، ފެންވަރާލައިގެން ފަރަހަނާޒްގެ ގާތުގައި އޮށޯތެވެ.

އާއިންއަށް ހޭލެވުނީ މެންދުރު ނަމާދު ވަގުތުވުމުން ފަރަހަނާޒް އޭނާއަށް ގޮވުމުންނެވެ. އޭނާ މޯޅިއަކަށް ދެމިލުމަށްފަހު ތެދުވެ ފާޚާނާއަށްވަނެވެ. ފެންވަރާލައިގެން މިސްކިތަށް ދިއުމަށްޓަކައި މާޒްއަށް ގުޅާލިއިރު، މާޒްއޮތީ އަދިވެސް ނިދާފައެވެ. އެހެންކަމުން އޭނާ އެކަނި މިސްކިތަށް ދިޔައެވެ. ނަމާދުކޮށް ނިމިގެން ފޭބި ވަގުތު ފަހުދުއާ ދިމާވިއެވެ.

" އަހަރެންދާނަން ވޭނުގަ އެންމެން ބަލާ….ތައްޔާރުވެގެން ތިބެންބުނޭ އިނގޭ…އަންހެނުން ހުންނާނެ މިހާރު ކާން ތައްޔާރުކޮށްފަ…" ފަހުދު އެދުނެވެ. އާއިން އާނއެކޭ ބުނެފައި ގެޔަށް ދިއުމަށް އަވަސްވެގަތެވެ. އާއިން ގެޔަށްދިޔަ މަގުމަތީގައި މާޒްއަށް ގުޅިއެވެ.

" އަދިވެސް ނިދަނީތަ؟…މިހާރު އެއޮއް މެންދުރުވީ…." މާޒް ފޯނުނެގުމާއެކު އާއިން ބުނެލިއެވެ.

" އާނ..މިހާރު މިތެދުވީއޭ…" ނިދިއަޑަކުން މާޒް ބުނެލިއެވެ.

އާއިން އެނބުރި އައިއިރު، ގިނައިރުތަކެއްނުވެ ފަހުދު އަތުވެއްޖެއެވެ. އޭރު ހުރިހާ އެންމެން ތިބީ ނަމާދުކޮށްގެން ކާންދިއުމަށް ތައްޔާރުވެގެންނެވެ. އަމީލާއާއި ތޫބާއާއި ފަރަހަނާޒް ކުޑަދެކުދިން ގޮވައިގެން ވޭނަށް އެރުމުން އާއިންވެސް އެރިއެވެ.
" އަދި…ޝައުންކޮބާ؟.." ކުއްލިއަކަށް ހަނދާންވެގެން އާއިންއަށް ބުނެވުނެވެ.

" އާނ…އަހަރެންވެސް ހިތަށްއަރައިފި އެކަކު މަދޭ…ދޭބަލަ ކޮބާތޯ ބަލާލަން…އަހަރެން މަޑުކުރާނަން…" ފަހުދު އެދުނެވެ.

" އާނ އެބައަންނަން…" އާއިން ވޭނުން ފައިބައިގެން ގޭތެރެއަށް ވަނެވެ.

" ކޮބާ….މިފަހަރުވެސް ހަމަ އެހެންނެއްނު އެވީ…" ފަރަހަނާޒްގެ ގާތުގައި ސިއްރު ސިއްރުން ތޫބާ ބުނެލިއެވެ.

އާއިން ގޮސް ޝައުންގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހާލުމުންވެސް ޚަބަރެއްނުވިއެވެ. ތަޅުލާފައިތޯ ޔަޤީންކޮށްލުމުގެ ގޮތުން ތަޅުގައި ހިފާލިއިރު ހުރީ ހުޅުވާފައެވެ. އެހެންކަމުން އޭނާ މަޑުމަޑުން ތަޅުއަނބުރާލުމަށްފަހު ކުޑަކޮށް ދޮރުހުޅުވާލާފައި އެތެރެއަށް ބޯދިއްކޮށްލިއިރު، ޝައުން އަރާމުކޮށް އެނދުގައި ނިދާފައި އޮތެވެ. އާއިން މަޑުމަޑުން އެތެރެއަށްވަދެ، ޝައުންގެ މަގަތުގައި އިށީނެވެ.
ނިދާފައި އޮތްއިރު، ޝައުންގެ މައުސޫމުކަމުން އެމޫނަށްބަލަން އާއިންއަށް އިރުކޮޅަކު އިނދެވުނެވެ. އެއްވެސް އުދާސްކަމެއް ނުވަތަ ކަންބޮޑުވުމެއްވެސް މިވަގުތު އެމޫނުން ފެންނާކަށް ނެތެވެ. އެހެންކަމުން އެމޫނުގެ އުޖާލާކަން އިތުރުވެފައިވެއެވެ. ހިތްގައިމުކަމެއް ލިބިފައިވާ އެދޮންމޫނުގެ އެކިއެކި ވަނާތަކަށް ވަކިވަކީން އާއިންގެ ނަޒަރު ދަތުރު ކުރަމުންގޮސް، އެ ބައްޓަންރީތި ތުންފަތަށް އޭނާގެ ނަޒަރު ހުއްޓުނެވެ. އެއީ މަޑުފިޔާތޮށި ކުލައެއްއަރާފައިވާ ތުނިތުންފަތެކެވެ. އެތުންފަތުގެ މަޑުކަން މީގެ ދުވަސްތަކެއްކުރިން އޭނާއަށްވަނީ އިހުސާސްކުރެވިފައެވެ. ހަމަ އެންމެފަހަރަކު ބީހިލެވުމުންވެސް އޭނާއަށް އެމީރުކަމާ ދުރަށްދާން އުނދަގޫވެ ހިނދުކޮޅަކަށް ނަމަވެސް އޭނާ މަގުން ކައްސާލިއެވެ. މިއަދު އޭނާއަށް އެވަނީ އެތުންފަތުގައި ބީހުމުގެ ފުރިހަމަ ހައްޤުލިބިފައެވެ. ވީއިރު އޭނާ ދުރުގައި ބަލަން މިއިނީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ ހިތް އެތުންފަތުގައި ބީހިލުމަށްއެދި ގޮވަމުން ދިޔައެވެ. ނަފްސު ކޮންޓްރޯލް ކުރުމަށް އޭނާ މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. އިޚްތިޔާރަކާއި ނުލައި މަޑުމަޑުން ޝައުންއާ ދިމާއަށް އާއިންއަށް ގުދުވެވުނެވެ. ޝައުންގެ ނޭވާގެ ހޫނުކަން އިހުސާސް ކުރެވޭ ހިސާބަށް ގާތްވެވިފައި ވަނިކޮށް ކުއްލިއަކަށް އޭނާގެ ފޯނު ރިންގްވާންފެށިއެވެ. އެއާއެކު ސިހިފައި އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. އެވަގުތު ނިދާފައި އޮތް ޝައުންވެސް ސިހިފައި ލޯހުޅުވާލިއެވެ.

" އާން؟…ކީއްކުރަނީމިތާ؟" ކުއްލިއަކަށް އާއިން އެކޮޓަރި ތެރެއިން ފެނުމުން ކަންބޮޑުވެފައި ތެދުވަމުން ޝައުންއަށް ބުނެވުނެވެ.

" މި ފަހުދުބުނީ…އެގެއަށްކާން ހިނގާށޭ…އޭނާ އެގުޅަނީ…އެންމެން އެބަތިބި ބޭރުގަ މަޑުކޮށްގެން…" އާއިން ހުރިހާ ވާހަކައެއް ފައްޗަކަށް އަމުނާލިއެވެ.

" އާން ކިހިނެއް މިކޮޓަރިއަށްވަނީ؟…" އެއިންގޮތަށް އިނދެ ޝައުން އަހާލިއެވެ.

" ތަޅުނުލާހުރީ…އެހެންވެ ވަދެވުނީ…." ކުށެއްކުރެވުނު މީހަކު ފަދައިން ދުރުބަލަންހުރެ އާއިން ބުނެލިއެވެ.

" ފެންވަރައިގެން ޖައްސާލިތަނާ ނިދުނީ…..އާން ދޭ….އަހަރެން ތައްޔާރުވެލައިގެން ނުކުންނާނަން…." ޝައުން އެދުނެވެ.

" އެންމެ ރަނގަޅު….އަހަރެން ބޭރުގަ މަޑުކުރާނަން…" އެހެން ބުނުމަށްފަހު އާއިން ނުކުމެ، ފަހުދަށް ގުޅިއެވެ.

" ފަހުދު ދޭ އެމީހުން ގޮވައިގެން….އަހަރެންދާނަން ޝައުންގޮވައިގެން ސައިކްގަ…އޯކޭ.." ފަހުދު ފޯނުނެގުމާއެކު އާއިން ބުންޏެވެ.

" އާން ބުނީ އެމީހުން ސައިކްގަ އަންނާނަމޭ…އެހެންވީމަ އަހަރެމެން ހިނގާދަމާދޯ…" ފޯނުބޭއްވުމަށްފަހު ފަހުދު އެހެން ބުނެފައި ވޭން ދުއްވާލިއެވެ.

" ކޮބާ އަހަރެން ބުނީމެއްނު…އޭނާ ހަމަ އާންއާ އެކީ ދާންވެގެން އެލަސްކުރީ…" ތޫބާ އަނެއްކާވެސް ކުދި ކިޔައިގަތެވެ. ނަމަވެސް ފަރަހަނާޒް ހަމަ އެއްވެސް އެއްޗެއް ނުބުނެ މަޑުން އިނެވެ. އޭނާއަށް އެއްޗެއް ބުނެވޭންވެސް ނެތީއެވެ. މިއީ ޝައުންއާއި އާއިންގެ "ހަނީމޫން" ދަތުރު ވިއްޔާއެވެ. ޝައުންއާއި އާއިން ކިތަންމެ ގިނައިން އެކަހެރިވީ ނަމަވެސް އޭނާއަށް ބުނެވޭނެ އެއްޗެއް ނެތެވެ.

ޝައުން ތައްޔާރުވެގެން ނުކުތްއިރު އާއިން އޭނާގެ އިންތިޒާރުގައި އިނެވެ. ޝައުން އައިސް އޭނާގެ ގާތަށް ހުއްޓުމުން އާއިން އިސްއުފުލާ ބަލާލިއެވެ. އައިސްބުލޫ ޖީންސްއަކާއި ހުދުކުލައިގެ ގަމީސްޓޮޕްގައި ފެންނަލެއް ވަރަށްވެސް ރީއްޗެވެ. އެއީ ކުރިން އެއްދުވަހަކު އޭނާ ވާރެއާތެމުނު ދުވަހެއްގައި ލައިގެންހުރި ހެދުމެވެ. އެދުވަހުގެ ފަހުން އޭނާހުރީ އެހެދުންލާން ޖެހިލުންވެފައެވެ. ޚުދު އާއިންވެސް ޝައުން އެހެދުން ލުމަކަށްނޭދެއެވެ. އޭނާ ނޫން އެހެން ފިރިހެނެއްގެ ކުރިމަތީގައި ޝައުންގެ ހަށިގަނޑު ހާމަވާކަށް އޭނާ ނޭދެއެވެ.

" ދާކަށްނުވޭތަ؟…" އާއިން ބަލަންއިންގޮތުން ޖެހިލުންވެފައި ޝައުން އެހިއެވެ.

" ނޫނޭ…ހިނގާދާން…" އާއިން އަވަސް އަވަހަށް ބުނެލަމުން ތެދުވިއެވެ.

ޝައުންގޮވައިގެން އާއިން ފަހުދުމެންގެ ގެއަށް މިސްރާބުޖެހީ އޭނާއަށް ދާންއެނގޭ އެންމެ ކުރުމަގު ބަލާފައެވެ. ނަމަވެސް މަގުގެ ދަބަޔަށް ދިއުމާއެކު އޭނާއަށް ސައިކަލު މަޑުކޮށްލަން ޖެހުނީ، ކޮންމެވެސް މަސައްކަތެއް ކުރުމަށްޓަކައި މަގުބަންދުކޮށްފައި އޮތުމުގެ ސަބަބުންނެވެ.

" އަނެއްކާ އަނެއްކަންތައް މިޖެހުނީ…." ޝަކުވާގެ ރާގެއްގައި ބުނެލަމުން އާއިން ސައިކަލު އަނބުރާލިއެވެ. އޭނާ މީގެކުރިން މިރަށް އައިސް އުޅުނުނަމަވެސް މަގުތަކަށް އެހާފަރިތައެއް ނޫނެވެ. އެހެންކަމުން އޭނާއަށް އެގެހުންނަ ދިމާ ލަފާކޮށްފައި އެހެން މަގަކުން އެގެއަށް ދިއުމަށްޓަކައި މިސްރާބު ޖެހިއެވެ. އޭނާ ސައިކަލު ދުއްވާތާ ދިހަވަރަކަށް މިނެޓްވީއިރުވެސް އެގެފެންނަގޮތެއް ނުވިއެވެ. ކުއްލިއަކަށް އުޑުމަތި ބަނަވެ ވައިބާރުވާގޮތް ވެއްޖެއެވެ. އެންމެފަހުން ސައިކަލު މަޑުކުރުމަށްފަހު ފަހުދަށް ގުޅާލަން ނިންމިއެވެ. އޭނާ ފޯނުނަގައިގެން ފަހުދުގެ ނަމްބަރަށް ޑައަލްކުރުމާއެކު ވާރޭ އޮއްސާލައިފިއެވެ. އެހެންކަމުން އޭނާއަށް ޖެހުނީ އަވަސްގޮތަކަށް ހިޔާވައްސެއް ހޯދާށެވެ. އާއިން ސައިކަލުން ފޭބުމަށްފަހު ޝައުންގެ އަތުގައި ހިފައިގެން ދުވެފައި ގޮސް ކައިރީގައިހުރި ގެއެއްގެ އަސްކަނިދޮށަށް ވަނެވެ. އަދި ފޯނުނަގައި ފަހުދަށް ގުޅާލިއެވެ. ހަމަ އެވަގުތު ފޯނުވެސް ނިވިއްޖެއެވެ.

" އަނެއްކާ އަނެއް ކަންތައް…ހަނދާންނެތި ފޯނުވެސް ޗާރޖްނުކޮށް މިހުރެވުނީ…." އާއިން ޗޮކެއް ކަނޑާލިއެވެ.

" ދެން ކިހިނެއް ހަދާނީ؟…ވާރެ ހައްތަހާ ބޯކުރަނީ…އަހަރެން ވަރަށް ބިރުގަނޭ…" ކަންބޮޑުވެފައި ޝައުން ބުނެލިއެވެ.

" ކަންބޮޑުނުވޭ…އެގެއަށްދާން ނޭނގުނަސް އަހަރެމެން އައި ގެޔަށް ދާން އެނގޭނެ….ވާރޭ ތަންކޮޅެއް ތުނިކޮށްލީމަ ދާނަން.." ޝައުން ހިތްހަމަ ޖައްސައިދިނުމަށް އާއިން މަސައްކަތްކުރިއެވެ.

އެގޮތުގައި ދިހަވަރަކަށް މިނެޓް ހޭދަވެގެން ދިޔައިރުވެސް ވާރޭ ތުނިކުރާކަށް ނޫޅެއެވެ. ކުއްލިއަކަށް ވިދާލިވިދުވަރަކާއެކު ބާރު ގުރުރިއެއްވެސް ޖަހައިފިއެވެ. އެއާއެކު ބިރުންގޮސް ޝައުންއަށް އާއިންގެ ގައިގާ ބައްދައިގަނެވެވުނެވެ.

" އާން…ހިނގާދާން…އަހަރެން ބިރުގަންނަނީ…" ރޮވިފައިވާ އަޑަކުން ޝައުން ބުންޏެވެ.

" އާނ…އަހަރެންނަށްވެސް ހީވަނީ ދާންވީހެން…" އާއިން ޝައުން ގޮވައިގެން ވާރެތެރޭގައި ގޮސް ސައިކަލަށް އަރައި ސްޓާރޓް ކޮށްލިއެވެ. އަދި ވަރަށް ވިސްނައިގެން އޭނައައިކޮޅަށް ދުއްވަން ފެށިއެވެ. ވާރެތެރޭގައި ތެމިފޯވެގެން ދުއްވާތާ އިރުކޮޅެއްފަހުން ފަހުން އެމީހުންނަށް ގެޔާ ހަމައަށް އާދެވިއްޖެއެވެ. އޭުވެސް ޝައުންއިނީ ބިރުންގޮސް އާއިންގެ ގައިގާ ތަތްވެގެންނެވެ. ސައިކަލުން ފޭބުމާއެކުހެން ވަރަށްގަދައަށް ވިދާލުމާއެކު ހަމައެހާމެ ބާރަށް ގުރުގާލިއެވެ. އެއާއެކު ޝައުން އަނެއްކާވެސް އާއިންގެ ގައިގާ އޮޅުލައިގަތެވެ. އާއިން އަވަސް އަވަހަށް ޝައުން ގޮވައިގެން ގޭތެރެއަށް ވަނެވެ. އަދި އޭނާގެ ޖީބުގައި އޮތްފޯނުނަގައި ސޯފާމައްޗަށް އެއްލިއެވެ. ޝައުންވެސް އޭނާގެ ފޯނުނަގައި ކައިރީގައިހުރި ގޮނޑިއެއްގެ މަތީ ބޭއްވިއެވެ.

" އަހަރެންނަށް ހީވަނީ ޝައުންގެ ހެދުމާ ވާރެއާ ގުޅުމެއް އެބަހުރިހެން…ތިހެދުންލާ ކޮންމެ ދުވަހަކު އާދަޔާ ޚިޔާލަށް ވާރެވެހޭ ވިއްޔަ " ކަތި ނަޒަރަކުން ޝައުންއަށް ބަލާލަމުން އާއިން ބުނެލިއެވެ.
އެވަގުތު ޝައުންއަށްވެސް އޭނާލައިގެން ހުރި ހެދުމަށް ބަލާލެވުނެވެ. ތެމިފޯވެގެން ގައިގާ ތަތްލާފައިވާ ހެދުމުގެ ތެރެއިން އޭނާގެ އަމިއްލަ ހަށިގަނޑު ހާމަވާންހުރި މަންޒަރުފެނުމުން އޭނާ ލަދުގަތެވެ. އަދި ކުރީދުވަހުގެ ހަނދާން އާވިއެވެ. އެއާއެކު އަވަސް އަވަހަށް އާއިންއާ ދުރަށްޖެހިލިއެވެ. އާއިން ހީލާފައި ގޮސް ގޭގެ ދޮރާށި ތަޅުލުމަށްފަހު އައިސް އޭނާލައިގެންހުރި ގަމީހާއި ފަޓުލޫނު ބާލައި ހުސްބޮކްސާއަށް ހަދާލިއެވެ. ޝައުން އެމަންޒަރު ނުބަލަންވެގެން ދުރުބަލަން ފެށިއެވެ. އާއިން އޭނާގެ ތެތްހެދުން އަސްކަނިދޮށުގައިހުރި ހެދުންހަރެއްގައި އަޅުވާލިއެވެ. އާއިން އެއްވެސް ޖެހިލުމެއްނެތި ޝައުންގެ ކުރިމަތީގައި އޭނާގެ ފިރިހެންވަންތަ ހަށިގަނޑު ހާމަކުރުމުން ޝައުން ލަދުގަތްނަމަވެސް ސިއްރު ސިއްރުން އާއިންއާ ދިމާ ބަލާނުލައެއްވެސް ނުހުރެވުނެވެ. އާއިން ބަލާލުމާއެކު ޝައުން ނޫންކަމަށް ހަދާފައި އަވަސް އަވަހަށް ގޭތެރެއަށް ވަންނަން ދިމާކުރިއެވެ. އެވަގުތު އާއިން ޝައުންގެ އަތުގައި ހިފައި ހުއްޓުވިއެވެ.

" ތިހެންހުރެ ވަނީމަ މުޅިގެއެއްނު ޚަރާބުވާނީ….މަޑުކުރޭ އަހަރެން އަންނާނަން ތުވާއްޔެއް ހިފައިގެން…." އާއިން ސީރިއަސްރާގެއްގައި ބުނެލުމުން ޝައުން މަޑުކުރިއެވެ. އާއިން ކޮޓަރިއަށްވަދެ އޭނާގެ ތުވާލި ހިފައިގެން ނުކުތެވެ.

" މިވަރުން އުޅުނީމަވެސް ކޮންމެވެސް ވަރަކަށް ގޭތެރެ ތެމިއްޖެ…އަން ތުވާލިއަނދެފަ ތެތް އެއްޗެހިބާލާ…" ވިސްނާލުމެއްނެތި އާއިން ބުނެލިއެވެ.

" އަހަރެންމީ އާން އެއްނޫނޭ….ކޮންމެތާކުހުރެ ހެދުން ބާލާކަށް…" ލަދުގަތްނަމަވެސް ނުރުހުންވެފައި ޝައުން ބުނެލިއެވެ.

" އޯހ ސޮރީ…ހަނދާންނެތުނީ…އެކަމު މިތާކު އިތުރު މީހަކުވެސް ހުރީކީނޫނެއްނު…އަހަރެންނަކީ އެއްވެސް މީހެއްކަމަށް ނުބެލީމަ ނިމުނީނު…" ލާނެއްގޮތަކަށް ހީލާފައި އާއިން ބުނެލިއެވެ. ޝައުން ތުންފިއްތައިގެން އިރުކޮޅަކު ހުރެފައި ގޭތެރެއަށްވަނެވެ. ކޮޓަރިއާ ދިމާއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު އޭނާ ކައްސާލިއެވެ. އާއިން ހުޝިޔާރުކަމާއެކު ނުހިފެއްޓިނަމަ އޭނާއޮންނާނީ މުށިތަކުމަތީގައެވެ.

" ދެންވެސް އަހަރެން ބުނާގޮތަށް ހަދާބަލަ!….ބޭރު ދޮރާށި އެހުރީ ތަޅުލާފަ…މީހަކަށް ނުވަދެވޭނެ…އެތާހުރެ ތެތްއެއްޗެހިބާލާފަ އެތެރެއަށްވަދެބަލަ!…އަހަރެން ހުންނާނަން ދުރުގަ އަނެއްފަރާތަށް އެނބުރިގެން…" އާއިން ސީރިއަސް ރާގެއްގައި ބުނެލުމުން ޝައުން ބޭރަށް ނުކުތެވެ. އަދި ވަރަށް ޖެހިލުންވެހުރެ ހެދުން ބާލަން ތައްޔާރުވުމާއެކު، އޭނާގެ ލޮލުގައި އަޅައިގަތީ އަސްކަނިދޮށުގައި އޮވެ މަޑުމަޑުން ހިރެމުންދިޔަ ނަންނުގައްޗެއްކެވެ. އެއާއެކު ގަތްބިރުން ތުވާލި އެއްލާލާފައި އައިސް އާއިންގެ ގައިގާ ބައްދައިގަތެވެ. އެކަމާ ނުވިސްނާހުރި އާއިންވެސް ސިހުނުވަރުން ނުވެއްޓުނީވެސް ކިރިޔާއެވެ.

" ޔާރައްބީ ކިހިނެއްތަވީ؟…ކޯއްޗެއް ފެނުނީތަ؟…" ކަންބޮޑުވެފައި އާއިން ބުނެލިއެވެ.

" ސްނޭކް…އެއޮތީނު ކުޑަކުޑަ ސްނޭކެއް…" ޝައުން އެހެންބުނުމާއެކު ގަތްބިރުން އާއިންއަށްވެސް ތެޅިގަނެވުނެވެ. އަދި ޝައުން އިނގިލި ދިއްކުރި ދިމާއަށް ބަލާލެވުނެވެ.

" އެއީ ސްނޭކެއް ނޫނޭ…އެއަށް ކިޔަނީ ނަންނުގަތި…" ބިރުންހުރެ އާއިން އޮޅުން ފިލުވައިދިނެވެ. އެނަންނުގަތީގެ ބޮޑުކަމުންނާއި އޭތި ހިރެމުން ދިޔަގޮތުން އާއިންގެ ގައިން ވަގުތުން ހީބިހި ނަގައިގެން ދިޔައެވެ. އެހެންކަމުން ޝައުންގޮވައިގެން އޭނާ އަވަސް އަވަހަށް ގޭތެރެއަށްވަދެ ދޮރުލެއްޕިއެވެ.

" އެކަމު އަހަރެންގެ ތުވާލިވެސް އެއްލާލާފަ ވިއްޔަ ތިއައީ…." ތުވާލިމަތިން ހަނދާންވެފައި އާއިން ބުނެލިއެވެ.

" އަހަރެން ގެނައިން ދެތުވާލި…" ޝައުން އަވަސް އަވަހަށް ބުނެލިއެވެ.

އެންމެފަހުން ތެތްހެދުމާއެކު ޝައުން އޭނާގެ ކޮޓަރިއަށް ވަނެވެ. އާއިންވެސް އޭނާގެ ކޮޓަރިއަށްވަދެ ފަރަހަނާޒްގެ ތުވާލިން ގައި ހިއްކާލިއެވެ. އޭނާ ފޮށިހުޅުވާލައިގެން ލާނެ އެއްޗެއް ހޯދަމުން ދަނިކޮށް ގަދައަށް ވިދާލުމާއެކު ބާރު ގުރުރިއެއް ޖެހިއެވެ. ގުރުރީގެ އަޑުކެނޑިގެން ނުދަނީސް ދޮރުހުޅުވާފައި ވައިސޫރިއެއްހެން ޝައުން އައިސް ފުރަގަހުން އޭނާގެ ގައިގާ ބައްދައިގަތެވެ. އޭރު މުޅިކުއްޖާ ތުރުތުރު އަޅަމުން ދެއެވެ.

ގުރުރީއަޑު ކެނޑި، ތަނަށް ހަމަހިމޭންކަން ވެރިވިއިރު، ޝައުންއާއި އާއިންއަށް ތިބެވުނުލެއް ގާތްކަމުން ދެމީހުންގެ ހަށިގަނޑުގެ ހޫނާއި ހިތުގެ ތެޅުމުގެ އަޑުވެސް އިހުސާސް ކުރެވެމުން ދިޔައެވެ. އާއިން މަޑުމަޑުން ޝައުންއާވީ ފަރާތަށް އެނބުރުމާއެކީ ޝައުން އޭނާގެ މޭގައި ތަތްވިއެވެ. އޭރުވެސް ޝައުންހުރީ ލޯމަރާ ތަގުޅިކޮށްގެންނެވެ. އަނެއްކާވެސް ގުރުރިއެއްޖަހާފާނެތީ ބިރުންނެވެ. ޝައުންގެ ގައިގާ އޮޅާލެވިފައިވީ ތުވާލި ފިޔަވައި އެހެން އެއްވެސް ފޭރާމެއްނެތެވެ. އެދޮން ކަނދުރާއާއި ބުރަކަށިން ބޮޑުބައެއް ހާމައަށް އޮތުމުން އިސާހިތަކު އާއިންގެ ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ. އެކަނދުރާގައި ބޮސްދިނުމަށް އޭނާގެ ހިތްއެދި ގޮވަންފެށިއެވެ.
ނުނިމޭ