Last Updated: July 6, 22:22
Sunday, July 6, 2025
ވިޔަފާރި

ލައިސަންސް ބާތިލުކުރި ރިސޯޓުތަކަށް އަލުން ލައިސަންސް ދީފި

ވެލިދޫ އައިލެންޑް ރިސޯޓް - ފޮޓޯ: ގޫގުލް

ޓޫރިޒަމް ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ދަށުން އޮޕަރޭޓިން ލައިސަންސް ބާތިލުކުރި ރިސޯޓުތަކަށް އަލުން ލައިސަންސް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ރިސޯޓުތަކަށް އަލުން ލައިސަންސް ދީފައިވަނީ ޝަރުތުތަކެއް ކަނޑައެޅިފައިވާ އެއްބަސްވުންތަކެއްގައި ސޮއިކުރުވުމަށްފަހު ކަމަށެވެ.

އެ ޝަރުތުތަކުގެ ތެރޭގައި އެ ރިސޯޓުތަކުން ސަރުކާރަށް ނުދައްކައި ހުރި ކުލި ވަކި މުއްދަތެއްގެ ތެރޭގައި ދެއްކުމާއި، މުވައްޒަފުންނާއި ގުޅުންހުރި ކަންކަން ރަނގަޅު ކުރުމާއި، ދިވެހި މުވައްޒަފުންގެ ރޭޝިއޯ ކަނޑައެޅިފައިވާ މިންގަނޑުގައި ހިފެހެއްޓުމާއި، ރިސޯޓުތަކުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅުންހުރި ކަންކަން އިސްލާހު ކުރުން ހިމެނޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ލައިސެންސް ބާތިލުކުރި ރިސޯޓުތަލަށް އަލުން ލައިސެންސް ދިން ނަމަވެސް އެއީ ކޮން ރިސޯޓުތަކެއްކަން މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.