Last Updated: April 26, 14:54
Friday, April 26, 2024
ޚަބަރު

އެސްޓީއޯއިން ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި

ހަތާ މޯލްޑިވްސް އިން ތިނަދޫގައި ޕެޓްރޯލް ޝެޑެއް ހުޅުވުން.

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ.

މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް އެސްޓީއޯއިން ވިއްކަމުންދާނީ 11 ރުފިޔާ 39 ލާރިއަށެވެ. އަދި ޑީސަލް ލީޓާރެއް ވިއްކަމުންދާނީ 11 ރުފިޔާ 97 ލާރި އަށްކަމަށް އެސްޓީއޯއިން ބުނެއެވެެ.

އެންފަހުން ތެލަށް ގެނައި ބަދަލާއި އެކު ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދިޔައީ 11 ރުފިޔާ 49 ލާރިއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަމުން ދިޔައީ 12 ރުފިޔާ 11 ލާރިއަށެވެ. އެސްޓީއޯއިން ޕެޓްރޯލް އަދި ޑީސަލް ވިއްކުމުގެ އަގުތަކައް ގެނައި ބަދަލާއެކު، ޕެޓްރޯލްގެ އަގު ހެޔު ވެފައިވަނީ 10 ލާރިއަށެވެ. އަދި ޑީސަލްގެ އަގު ހެޔޮ ވެފައިވަނީ 14 ލާރިއަށެވެ.

ދުނިޔޭގެ ބާޒާރުގައި އިއްޔެވަނީ ތެލުގެ އަގު ފަސް އިންސައްތަ ދަށަށް ގޮސްފައެވެ. މިއީ މި އަހަރުގެ ތެރޭގައި އެންމެ ބޮޑަށް ތެލުގެ އަގު ވެއްޓުނު ފުރަތަމަ ފަހަރެވެ.