Last Updated: May 27, 17:26
Friday, May 27, 2022
ޚަބަރު

ޤަވާއިދާއި ޚިލާފަށް ގިނަ އަދަދެއްގެ ރުއްގަސް ކޮނޑޭއިން ކަނޑައިފި

ފޮޓޯ- ކޮންދޭ ކައުންސިލް

ޤަވާއިދާއި ޚިލާފަށް ގިނަ އަދަދެއްގެ ރުއްގަސް ކޮނޑޭއިން ކަނޑައިފިކަމުގެ ޝަކުވާ ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާއަށް ލިބެމުންދާކަމަށް އެކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލުން އާންމުކުރި އިއުލާނުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމާއި ބެހޭ ޤާނޫނާއި ޚިލާފަށް ކޮނޑޭއިން ގިނަ އަދަދެއްގެ ރޯގަސް ކަނޑައި ދަރުގެ ގޮތުގައި ވިއްކަމުންދާކަމުގެ ޝަކުވާ އެ ކަސުންސިލަށް ލިބެމުން އަންނަ ކަމަށެވެ.

ވަލުތެރެއާއި، ދަނޑުބިންތަކުގައާއި، ގޯތިގެދޮރުގައި އިންދާހައްދައި ނުވަތަ ގުދުރަތީ ގޮތުން ހެދިފައިވާ ގަހެއްނަމަވެސް، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމާއި ބެހޭ ޤާނޫނާއި، އެޤާނޫނުގެ ދަށުން ހިދެފައިވާ އެންމެހައި ޤަވާއިދުތަކާއި ޚިލާފަށް ކެނޑުމަކީ މަނާކަމެއްކަމަށް އެކައުންސިލުން ބުނެއެވެ.

ކޮނޑޭ ކައުންސިލުން ވިދާޅުވީ، އެފަދަ އެއްވެސް ޢަމަލުތައް ހިންގާނަމަ ކަމާއި ބެހޭ މުއައްސަސާތައް މެދުވެރިކޮށް އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށެވެ.