Last Updated: April 19, 19:29
Friday, April 19, 2024
ޚަބަރު

ދޮޮންވެލި ނެގުމުގެ އެއްވެސް ހުއްދައެއް ނުދެން: މިނިސްޓްރީ

މާލެއިން ދުބާއިއަށް ދޮންވެލި ބަރުކޮށްގެން ދިޔަ ބޯޓު -

މާލެއިން ދުބާއީއަށް ދޮންވެލި ލައިގެން ދަތުރުކުރަމުންދިޔަ ބޯޓެއްގެ ވާހަކަ ފެންމަތިވެފައިވާއިރު، އެކަމުގެ ސަބަބުން ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވާން ފަށައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ކުރެއްވި ޓްވީޓެއްގައި ބުނެފައި ވަނީ، އެ މިނިސްޓްރީގެ ފަރާތުން ދޮންވެލި ނެގުމުގެ އެއްވެސް ހުއްދައެއް އެއްވެސް ފަރާތަކަށް ދީފައިނުވާކަމަށާއި، އެ މައްސަލަ އިތުރަށް ތަޙްގީގުކުރަމުންދާ ކަމަށެވެ.

ވެލި ނަގައިގެން ގޮސްފައިވާ ބޯޓު ފެނިފައިވަނީ ލ. ހިތަދޫ ބޭރުންނެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެމިނިސްޓްރީން އެ މައްސަލަ އިތުރަށް ތަޙްގީގުކުރަމުންދާ ކަމަށާއި، އެއީ ގާނޫނާއި ޚިލާފަށް ކޮށްފައިވާކަމެއްނަމަ އެ ކަމަށް އަޅަންޖެހޭ ފިޔަވަޅު މިނިސްޓްރީން އަޅާނެކަމަށެވެ.

tweet from environment ministry-

ޓުވިޓާއިން އާންމުވި ވީޑިއޯއެއްގައި ފެންނަނީ ބޮޑު ބާޖެއްގައި ދޮންވެލި ލައިގެން ދަތުރުކުރާ ތަނެވެ. އާންމު ރައްޔިތަކު އާންމުކުރި ވީޑިއޯގައި ބޯޓުގައި ތިބި ފަޅުވެރިންނާ ހަވާލާދީ ބުނެފައިވަނީ، އެ ވެއްޔަކީ ސިނަމާލެ ބްރިޖު މަޝްރޫއުގައި ޗައިނާއާ ދިވެހި ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ގެންދާ އެއްޗެއް ކަމަށެވެ.މާ