Last Updated: April 26, 10:52
Friday, April 26, 2024
މުނިފޫހިފިލުވުން

ރިތިކްގެ ފިލްމް "ސުޕަރ 30" ޖުލައި 12 ވަނަ ދުވަހު ރިލީޒް ކުރަނީ

ބޮލީވުޑްގެ މަޝްހޫރު ބަތަލު ރިތިކް ރޯޝަންގެ ފިލްމް "ސުޕަރ 30" ޖުލައި 12 ވަނަ ދުވަހު ރިލީޒް ކުރެވޭނެ ކަމަށް އިއުލާން ކޮށްފިއެވެ.

ފުރަތަމަ މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވީ 26 ޖުލައިގައެވެ. އެހެން ނަމަވެސް ކަންގަނާ ރަނައުތު އޭނާގެ ފިލްމް"މެންޓަލް ހޭ ކިޔާ" އެ ތާރީޚުގައި ރިލީޒް ކުރުމަށް ނިންމާފައިވާތީ ރިތިކްގެ ފިލްމުގެ ރިލީޒްކުރާ ތާރީޚް މިވަނީ އަވަސް ކޮށްފައެވެ. މި ފަހަރު މި ކަނޑައެޅުނު ތާރީޚަކީ ވެސް އިތުރެއް ފިލްމެއް ކަމަށްވާ ސިއްދާތު މަލްހޯތުރާގެ ފިލްމް"ޖަބަރިޔާ ޖޯޅީ" ނެރެން އޮތް ތާރީޚެކެވެ. އެހެން ކަމުން ދެންވާނެ ގޮތެއް ޖެހޭނީ ބެލުންތެރިން ބަލަން ތިބުމަށެވެ.

މި ފިލްމުގައި ފެނިގެންދާނީ ހިސާބު އިލްމަށް މޮޅު މީހެއްކަމަށްވާ އާނަންދު ކުމާރު އޭނާގެ ތައުލީމީ ޕްރޮގްރާމެއް ކަމަށްވާ "ސުޕަރ 30" އާއިގެން ކުރިޔަށްދާ ގޮތުގެ ވާހަކަތަކެވެ.

މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ އަނޫރާގް ކަޝްޔަޕް އަދި ވިކާޝް ބޭލްއެވެ. މި ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ ނަޑިއަޑްވާލާ ގްރޭންޑްސަން އެންޓަޓެއިންމަަންޓް އަދި ރިލައަންސް އެންޓަޓެއިންމަންޓް ގުޅިގެންނެވެ.