Last Updated: May 8, 06:04
Wednesday, May 8, 2024
ޚަބަރު

އަލީ ޝިޔާމްގެ މަސްލަހަތު ހިމެނޭ ރިސޯޓުތަކުގެ ކުލި ފަސްކޮށް އަނބުރާ ލައިސަންސް ދީފި

* ރައީސް ސޯލިހާއި އަލީ ޝިޔާމް ކައިވެނި ބައްލަވައިގެން އުޅުއްވަނީ އެއް ގެއެއްގެ ދެ ބޭފުޅުންނާއި
* ފިލިތެލުން 124 މިލިއަން ރުފިޔާ ދައްކަން ޖެހޭ
* މެދުފުށިން 64 މިލިއަން ރުފިޔާ ދައްކަން ޖެހޭ

ރައީސް އޮފީހުގެ މިނިސްޓަރ އަދި އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ އަލީ ޝިޔާމުގެ މަސްލަހަތު ހިމެނޭ ތިން ރިސޯޓެއްގެ ކުލި ދެއްކުން ފަސްކޮށް ރިސޯޓު ހިންގުމުގެ ހުއްދަ ބާޠިލް ކޮށްފައިވަނިކޮށް އަލުންދީފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ އަލުން ހުއްދަ ދިން ރިސޯޓުތަކަކީ ފިލިތެޔޮ އައިލެންޑް ރިސޯޓާއި މެދުފުށި އައިލެންޑް ރިސޯޓުގެ އިތުރުން ކިހާ މޯލްޑިވްސް އާއި ޕާމް ބީޗް އައިލެންޑް ރިސޯޓާއި، ހޮނޑާފުށި އައިލެންޑް ރިސޯޓުގެ އިތުރުން ޑްރިފްޓް ތެލުވެލިގާއެވެ.

މީގެ ތެރެއިން ފިލިތެޔޮ އާއި ހޮނޑާފުއްޓާއި މެދުފުށި ނިސްބަތް ވަނީ އަލީ ޝިޔާމްގެ އާއިލާއަށެވެ. ހޮޑާފުށީގެ ވެރިޔާ އަކީ އަލީ ޝިޔާމްގެ ބައްޕަ އަބްދުﷲ އަލީ އެވެ. އަދި ފިލިތެޔޮ އަކީ އަލީ ޝިޔާމްގެ އައިލާގެ ކުންފުނި ތްރީއޭ ޓްރޭޑިން އެވެ. މި ކުންފުންޏަކީ އަލީ ޝިޔާމްގެ އިތުރުން އޭނާގެ ބޭބެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ހަމްޒާގެ އާއިލާގެ ވެސް ކުންފުންޏެކެވެ.

ޓޫރިޒަމް މިނިސްޓްރީން މި ރިސޯޓުތަކަށް އަލުން ހުއްދަދިން އިރު ފިލިތެޔޮ ރިސޯޓުން ދައުލަތަށް 124 މިލިއަން ރުފިޔާ ދައްކަން ޖެހެއެވެ. އަދި މެދުފުށިން 64 މިލިއަން ރުފިޔާ ކުލި އާއި ޖުރިމަނާގެ ގޮތުގައި ދައްކަން ޖެހެއެވެ.

އިއްޔެ ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ އަލުން ހުއްދަދިން 6 ރިސޯޓުން ކުއްޔާއި ޖުރިމަނާގެ ގޮތުގައި ދައުލަތަށް 300 މިލިއަނަށްވުރެ ގިނަ ފައިސާ ދައްކަވަން ޖެހޭކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން އަލުން ހުއްދަ ދިން ރިސޯޓުތަކަކީ އަލީ ޝިޔާމްގެ އިތުރުން ސަރުކާރުގެ އިސް ފަރާތްތަކުގެ މަސްލަހަތު ހިމެނޭ ރަށްތަކަކެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ލައިސަންސް ދިނުމުގައި ސަރުކާރުގެ އިސް ސަފުގައި މަސައްކަތް ކުރާ މީހުންނަށް ވަކި ހާއްސަ ކަމެއް ދީފައި ނުވާނެ ކަމަށެވެ.

"މިއީ ރާއްޖޭގައި އިންވެސްޓަރުންގެ ގޮތުގައި އިންވެސްޓް ކުރަން ނަގާފައިވާ ތަންތަން. އަޅުގަނޑުމެން މިނިސްޓްރީން ހިދުމަތް ދިނުމުގައި އަދި ޖޫރިމަނާ ކުރުމުގައި ވެސް ކޮން ޕާޓީއެއްގެ ކޮން ފަރާތެއްތޯ ނުބަލާނަން. އަދި އަތުލަން ޖެހުނަސް އެގޮތަކަށް ނުބަލާނަން،"

އޭނާ ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ، މަގާމާ ހަވާލުވެ މިވީ ހަ މަސް ދުވަހުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއަކަށް ނުވަތަ ވަކި މީހަކަށް ވަކި ގޮތެއް ހަދާފައިވާ ކަމަށް ބުނުމުގެ ޖާގައެއް ނޯންނާނެ ކަމަށެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ކުލި އެއްބަސްވެފައިވާ ގޮތަށް ނުދައްކައިފިނަމަ ފިޔަވަޅު އަޅާނެކަމަށެވެ.