Last Updated: July 9, 14:49
Thursday, July 9, 2020
މުނިފޫހިފިލުވުން

ފިލްމް "ޕާގަލްޕަންތީ" 8 ނޮވެމްބަރުގައި ރިލީޒް ކުރަނީ

އަނީސް ބަޒްމީގެ ފިލްމް "ޕާގަލްޕަންތީ" 8 ނޮވެމްބަރުގައި ރިލީޒް ކުރާ ގޮތަށް ހަޖަހިފައިވާ ކަމަށް ހޯމަ ދުވަހު އިއުލާންކޮށްފިއެވެ.

ހެއްވާމަޖާ މި ފިލްމުގައި ގިނަ ތަރިންތަކެއް ހަރަކާތްތެރިވެއެވެ. އޭގެ ތެރޭގައި ލީޑްރޯލުން އަނިލް ކަޕޫރު، ޖޯން އަބްރަހަމް އަދި އިލިއާނާ ޑިކްރޫޒް ހިމެނެއެވެ. މީގެ އިތުރުން އަރްޝަދް ވަރްސީ، ޕުލްކިޓް ސަމްރާތް، ކްރިތީ ކަރްބަންޑާ، އުރުވަޝީ ރޯޓެލާ، އަދި ސޯރަބް ޝުކްލާ ވެސް މި ފިލްމުން ފެނިގެންދާނެއެވެ.

އަނިލް ކަޕޫރު ވަނީ މީގެ ކުރިން ޖޯން އަބްރަހަމް އާއެކު "ވެލްކަމް ބެކް" ފިލްމުގައި ހަރަކާތްތެރިވެފައެވެ. އަދި އިލިއާނާއާއެކު ފިލްމް" މުބާރަކަން" ގައި ހަރަކާތްތެރިވެފައެވެ. އެ ދެފިލްމުވެސް ޑައިރެކްޓް ކޮށްފައިވަނީ އަނީސް ބަޒްމީއެވެ.

މީގެ ކުރިން ދީފައިވާ އިންޓަވިއުއެއްގައި "ޕާގަލްޕަންތީ"ގެ ކޯޕްރޮޑިއުސަރެއް ކަމަށްވާ ބުޝަން ކުމާރު ބުނެފައިވަނީ މީގެ ކުރިންވެސް ޓީ ސީރީސް އަދި ކުމާރްޖީސް ޕެނޮރާމާ ސްޓޫޑިއޯއިން ވަނީ ފިލްމް "ރެއިޑް"ގެ މަސައްކަތް އެކުގައި ކޮށްފައިކަމަށެވެ. އަދި މިހާރުގެ ފިލްމް "ޕާގަލްޕަންތީ" އުފެއްދުމަށް ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވުނު ކަމަށެވެ.

"ޕާގަލްޕަންތީ" ޕްރޮޑިއުސް ކޮށްފައިވަނީ ބުޝަން ކުމާރު، ކުމާރު މަންގަތު، އަދި އަބީޝެކް ޕާޓަކްއެވެ.