Last Updated: March 28, 14:17
Thursday, March 28, 2024
ސިޔާސީ ރައީސް ސޯލިހް

އޯއައިސީގެ ބައްދަލުވުމަށް ރައީސް މާދަމާ ސަޢުދީއަށް ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހު -- ފޮޓޯ / ރައީސް އޮފީސް

އޯއައިސީގެ 14 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞަލިޙް ސަޢުދިއަރަބިއްޔާގެ މާދަމާ ފުރާވަޑައިގަންނަވާނެކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

އައްޑޫލައިވްއަށް އެނގިފައިވާ ގޮތުގައި މި ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މާދަމާ ސަޢުދީއަރަބިއްޔާއަށް ފުރާވަޑައިގަންނަވާއިރު މި ސަމިޓުގައި ރައީސް ތަޤްރީރު ކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

މިކަމާ ގުޅޭ މާބޮޑު ތަފްޞީލެއް އަދި ލިބިފައެއް ނުވެއެވެ.

އޯއައިސީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސް މާދަމާ ފުރާވަޑައިގަންނަވާއިރު މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު މިހާރުވެސް ވަނީ ސަޢުދީ އަރަބިއްޔާގެ މައްކާއަށް ވަޑައިގެންފައެވެ.

ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ މައްސަލަތާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފަރާތްތަކުން ވަނީ ސަމިޓަށް ހުށަހަޅާ ދެލިކޮޕީތަކުގައި ހިމެނޭ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އޭގެތެރޭގައި ހިމެނޭ ކަންކަމުގެ ތެރޭގައި މައްކާ ޑެކްލެރޭޝަންއާއި، ފަލަސްޠީނުގެ ޤުދުސް މައްސަލައައާއި ގުޅޭގޮތުން އެކުލަވާލާފައިވާ ދެލިކޮޕީ ހިމެނޭކަން ކަމަށް ވަނީ މަޝްވަރާ ކުރައްވާފައެވެ.