Last Updated: April 23, 12:16
Tuesday, April 23, 2024
ވިޔަފާރި

މުސާރައިގެ އޮނިގަނޑާ ގުޅޭ ގޮތުން ފެތުރެނީ ދޮގު ވާހަކަތަކެއް: މޯލްޑިވިއަން

މޯލްޑިވިއަންގެ ފްލައިޓެއް - ފޮޓޯ: ކޯޕޮރޭޓް މޯލްޑިވްސް

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރާއި އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަށް ބޮޑު މުސާރައެއް ލިބޭގޮތައް މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސްފައިވާ ކަމަށްބުނެ މީސް މީޑިއާގައި ފެތުރެމުންދާ ވާހަތަކަކީ ހަގީގަތާއި ޚީލާުފު ވާހަކަތަކެއްކަމަށް މޯލްޑިވިއަންއިން ބުނެފިއެވެ.

މޯލްޑިވިއަންއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަށް ބޮޑު މުސާރައެއް ލިބޭގޮތައް މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސްފައިވާ ކަމަށްބުނެ ކުންފުނީގެ އަގު ވެއްޓޭނެހެން މީސް މީޑިއާގައި ފެތުރެމުންދާ ވާހަތަކަކީ ހަގީގަތާއި ޚީލާފު ވާހަކަތަކެއް ކަމަށެވެ.

އަދި އެމްޑީ ޑީއެމްޑީގެ މުސާރައިގެ ގޮތުގައި ލިބޭ ކަމަށް އަންދާޒާކުރާ އަދަދުތަކެއް ޖެހުމަށްފަހު ބައެއް ފަރާތްތަކުންދަނީ ސޯޝަލް މީޑިއާގައި ސައްހަ ނޫން މައުލޫމާތު ފަތުރަމުން ކަމަށެވެ. ސަރުކާރާއި ސަރުކާރުގެ ބައިވެރިވާ ކުންފުނިތަކުގެ ޗެއަރމަން، އެމްޑީ އަދި ބޯޑު ޑިރެކްޓަރުންގެ މުސާރައާއި އިނާޔަތްތައް އެއް ހަމައެއްގައި ހިފެހެއްޓުމުގެ ގޮތުން އެ މަގާމުތަކައް މުސާރާއާއި އިނާޔަތްތައް ކަނޑައަޅާނީ ސަރުކާރުންކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އަދި ސަރުކާރުން ކަނޑައަޅާފައިވާ ގޮތާޢި ޚީލާފަށް ސަރުކާރުގެ ހުއްދަނެތި ކުންފުނިތަކައް އެއްވެސް ބަދަލެއް ނުގެނެވޭނެކަމަށް އެ ބަޔާނުގައި ބުނެފައި ވެެއެވެ. އަދި މުސާރައިގެ އޮނިގަނޑަށް ގެނެވޭ ބަދަލަކީ ހަމައެކަނި ފިނޭންސް މިނިސްޓްރީން ހުއްދަ ލިބިގެން ގެނެވޭނެ ބަދަލެއް ކަމަށްވެސް މޯލްޑިވިއަންގެ ބަޔާނުގައި ބުނެފައިވެއެވެ. މިގޮތައް ފަތުރަމުންދާ ހަގީގަތާ ހިލާފު ވާހަތައް ހުއްޓާލުމަށް މޯލްޑިވިއަންއިން އިލްތިމާސްކޮށްފައި ވެއެވެ.

މޯލްޑިވިއަންއަކީ 100 ޕަސެންޓް ރާއްޖޭގެ ހިއްސާ އޮންނަ ކުންފުންޏަކަށްވާ އިރު، އެފަދަ ވާހަކަތަކުގެ ސަބަބުން ކުންފުންޏަށް ގެއްލުންތައް ލިބެމުންދާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.