Last Updated: April 24, 16:49
Wednesday, April 24, 2024
ޚަބަރު

އަމީތާބްގެ ސެކްރެޓަރީ އަދި ޕްރޮޑިއުސަރ ޝީތަލް މަރުވެއްޖެ

ބޮލީވުޑްގެ މެގަސްޓާރެއް ކަމަށްވާ މަޝްހޫރު އަމީތާބް ބައްޗަންގެ ސެކްރެޓަރީ އަދި ޕްރޮޑިއުސަރ ކަމަށްވާ ޝީތަލް ޖެއިން 77 އަހަރުގައި މިއަދު ހެނދުނު މަރުވެއްޖެއެވެ.

ޝީތަލް ވަނީ 35 އަހަރު ވަންދެން އަމީތާބްގެ ސެކްރެޓަރީކަމުގެ މަގާމު އަދާކޮށްފައެވެ. އޭނާގެ ޖަނާޒާގެ ކަންތައް މިއަދު ޕަވަން ހެންސް ކްރިމެޓޯރިއަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޓްރޭޑް އެނަލިސްޓެއް ވަނީ މިއަދު ޝީތަލްގެ މަރުގެ ހަބަރު ޓްވިޓާގައި ހިއްސާކޮށްފައެވެ. މި ހަބަރު ފެތުރުމާއެކު އަނޫޕަމް ޚޭރް އަދި މަދުރް ބަންދަރްކާރް ފަދަ ބޭފުޅުން ވަނީ ތައުޒިޔާ އަދާކޮށްފައެވެ.

މިކަމާއިބެހޭ ގޮތުން އަދި އަމީތާބް އަދި އޭނާގެ އާއިލާގެ ފަރާތުން އެއްވެސް އެއްޗެއް ބުނެފައިވާ ކަމަކަށް ރިޕޯޓްތައް ނުބުނެއެވެ.