Last Updated: April 26, 22:31
Friday, April 26, 2024
ޚަބަރު

"ރައިޒިންގ ސްޓާރ ސީޒަން 3" އާފްތާބް ސިންގް ކާމިޔާބު ކޮށްފި

ކަލާސް ޓީވީއިން 16 މާޗް 2019ގައި ޕްރިމިއަރކޮށް ދައްކަމުންްއަި ލަވަ މުބާރާތް "ރައިޒިންގ ސްޓާރ ސީޒަން 3" އުމުރުން 12 އަހަރުގެ އާފްތާބް ސިންގް ކާމިޔާބު ކޮށްފިއެވެ.

މި މުބާރާތް އާފްތާބް ސިންގް ކާމިޔާބު ކުރުމުން އޭނާއަށް ވަނީ މުބާރާތުގެ ވާދައިގެ ތަށީގެ އިތުރުން 10 ލައްކަ އިންޑިއަން ރުޕީސް އަދި ފޯނެއް ލިބިފައެވެ. މި މުބާރާތުގެ ދެވަނަ ކާމިޔާބު ކޮށްފައިވަނީ ދިވާކަރް ޝަރްމާއެވެ. އޭނާއަށްވަނީ 5 ލައްކަ އިންޑިއަން ރުޕީސް ލިބިފައެވެ.

މި މުބާރާތް އާފްތާބް ކާމިޔާބު ކޮށްފައިވަނީ ފައިނަލްގައި ވާދަކުރި އަބީޝެކް ސަރާފް، ސަންޖޭ ސަތީޝް އަދި ދިވާކަރު ޝަރްމާއާއި ވާދަކޮށް އެންމެ ގިނަ ވޯޓު ހޯދައިގެންނެވެ. މިރޭ ކަލާސްއިން ވަގުތުން ގެނެސްދިން ގްރޭންޑް ފިނާލޭ ބާއްވާފައިވަނީ ތިންބުރަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބޭ 2 ފަރާތެއް ދެވަނަ ރައުންޑަށް ދާގޮތަށެވެ. ގްރޭންޑް ފިނާލޭގައި ޖަޖުންނަށް ވޯޓު ދެވޭ ގޮތަށް އޮތީ ޖުމްލަ ވޯޓްގެ 9 އިންސައްތައެވެ. ބާކީ އޮތީ އާންމުންގެ ވޯޓަށް ހުޅުވާލާފައެވެ. މި މުބާރާތަށް އާންމުން ވޯޓުދީފައިވަނީ ވޫޓް އެޕްއަށް ޗެކިންގ ވެގެންނެވެ.

ފުރަތަމަ ރައުންޑްގައި ފުރަތަމަ މުބާރާތަށް އަލްވަދާޢު ކިޔާފައިވަނީ އަބީޝެކް ސަރާފްއެވެ. އެއަށްފަހު ސަންޖޭ ސަތީޝް އަދި އާފްތާބް ސިންގުގެ ވޯޓުގެ ނަތީޖާ އެއްވަރުވުމާއި ގުޅިގެން އަނެއްކާވެސް އިންތިޒާމްކުރާ ފަރާތުން ނިންމީ ފައިނަލްގައި ތިބި 3 ބައިވެރިން ކަމަށްވާ ސަންޖޭ، ދިވާކަރް އަދި އާފްތާބްގެ މެދުގައި އަނެއްކާވެސް މާކްސް ދެވޭ ގޮތަށް އިތުރު ރައުންޑެއް ކުރިޔަށް ގެންދިޔުމަށެވެ. އެ ރައުންޑްގައި ވޯޓު ދީފައިވަނީ ހަމައެކަނި އާންމުނެވެ.

މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްފައިވަނީ ޝަންކަރު މަހާދޭވަން، ނީތީ މޯހަން އަދި ދިލްޖީތް ދޯސަންޖުއެވެ. މި ޝޯވ ހުށަހަޅާދީފައިވަނީ އަދިތުޔާ ނާރަޔަންއެވެ. އެހެން ޝޯވ ތަކާއި ހިލާފަށް މި ޝޯވ ކަލާސް އިން ގެނެސްދީފައިވަނީ ކޮންމެ އެޕިސޯޑެއްވެސް ވަގުތުންނެވެ. ފިނާލޭގެ ހާއްސަ މެހްމާނަކަށް ގޮސްފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ އުދިތު ނާރަޔަންއެވެ.