Last Updated: April 26, 10:11
Friday, April 26, 2024
ޚަބަރު

ޔޫތް ސެންޓަރުގައި ފޯރިގަދަ ފޫސްބޯލް މުބާރާތެއް ބާއްވައިފި

ފިތުރު އީދު ބަންދާ ދިމާކޮށް ހިތަދޫ ޔޫތް ސެންޓަރުގައި ފޯރިގަދަ ފޫސްބޯލް މުބާރާތެއް ބާއްވައިފިއެވެ.

ޔޫތް ސެންޓަރުން އިންތިޒާމް ކޮށްގެން ބޭއްވި މިމުބާރާތުގައި ޗެމްޕިއަން ޓީމަށް ވަނީ 1،000ރ. ގެ ފައިސާގެ އިނާމެއް ދީފައެވެ. އަދި ދެވަނައަށް ދިޔަ ޓީމަށް ވަނީ 500ރ. ގެ ފައިސާގެ އިނާމެއް ދީފައެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ އައިސީއެމް އެވެ. އަދި ކޯ ސްޕޮންސާކަން ނަގާފައިވަނީ ހަތެއް އެގާރަ ފިހާރައިންނެވެ.

ޔޫތް ސެންޓަރުގައި ފޫސްބޯލް މަގުބޫލު ކުޅިވަރަކަށް ވެފައިވާއިރު ޔޫތް ސެންޓަރުން އަންނަނީ މިފަދަ ފޯރިގަދަ މުބާރާތްތައް އިންތިޒާމްކޮށް ޒުވާނުންގެ މެދުގައި އޮންނަ ރަހުމަތްތެރިކަން ބަދަހި ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ދާދި ފަހުންވެސް ޔޫތް ސެންޓަރުން އިންތިޒާމް ކޮށްގެން ޕީއެސް4 ފީފާ މުބާރާތެއް ވެސް ވަނީ ބާއްވާފައެވެ. އަދި މީގެ އަހަރުތަކެއް ކުރިން އެތަނުގައި ވަނީ ފުޓްސަލް މުބާރާތެއް ވެސް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފައެވެ.