Last Updated: March 29, 18:55
Friday, March 29, 2024
ކުޅިވަރު

އޮޒިލްގެ ކައިވެނީގައި އުރުދުޣާން ބައިވެރިވެވަޑައިގެންފި

AFP

އާސެނަލް އަދި ޖަރުމަނުވިލާތުގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ، މިސޫޓް އޮޒިލްގެ ކައިވެނި ހަފްލާގައި ތުރުކީގެ ރައީސް ރަޖީބް ތައްޔިބް އުރުދުޣާންގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފިއެވެ.

އޮޒިލް ކައިވެނި ކޮށްފައިވަނީ ކުރީގެ ތުރުކީގެ ރީތީގެ ރާނީ، އަމިން ގުލްސްއާއެވެ. ދެމީހުންގެ ކައިވެނީގެ ހަފްލާވެސް ބާއްވާފައިވަނީ ތުރުކީގެ ބޮސްފޮރަސްގައެވެ. އުރުދުޣާން ވަނީ އޮޒިލްގެ ކައިވެނި ހަފްލާގައި ބައިވެރިވެވަޑައިގެން ވާހަކަވެސް ދައްކަވާފައެވެ.

މީގެ ކުރިން އޮޒިލް، އުރުދުޣާންއާ ބައްދަލުކޮށް ފޮޓޯއެއް ނެގުމުން ވަރަށް ގިނަ މީހުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އޮޒިލް ވަނީ ފާޑުކިޔުންތަކުގެ ސަބަބުން ޖަރުމަނު ގައުމީ ޓީމަށް ކުޅުން ވެސް ހުއްޓާލާފައެވެ.

ޖަރުމަނުވިލާތަށް ގައުމިއްޔަތު ބަދަލުކޮށްގެން ހުރި އޮޒިލްއަކީ އޭނާގެ މަންމަ ފަރާތުން ތުރުކީ ރައްޔިތެކެވެ. ނަމަވެސް އޮޒިލް ކުޑައިރު ޖަރުމަނަށް ބަދަލުވެ، ދިރިއުޅުމުގެ ބޮޑުބައި ހޭދަކުރީ ޖަރުމަނުގައި ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.