Last Updated: April 18, 06:09
Thursday, April 18, 2024
ވިޔަފާރި

ބީއެމްއެލް "އީދު ކިހިނެއް" ފޮޓޯ މުބާރާތުގެ ނަސީބުވެރިން ހޮވައިފި

ފިތުރު އީދާ ދިމާކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށް ގެންދިޔަ "އީދު ކިހިނެއް" ފޮޓޯ މުބާރާތުގެ ނަސީބުވެރިން ހޮވައިފިއެވެ.

މިމަހުގެ 4 އިން 6 އަށް ކުރިއަށް ގެންދިޔަ މި ފޮޓޯ ޗެލެންޖްގައި ފޮޓޯ ހިއްސާކޮށްފައި ވަނީ ޓްވިޓަރ އަދި އިންސްޓަގްރާމް ގައެވެ. "ޢީދުކިހިނެއް" ހޭޝްޓެގް ބޭނުންކޮށްގެން 800 އަށްވުރެ ގިން ޕޯސްޓް ލިބިފައި ވާކަމަށް ބީއެމްއެލް އިން ބުންޏެވެ.

އެގޮތުން ޓްވިޓާގައި ފޮޓޯ ޝެއާކޮށްގެން ގުރުއަތުން ހޮވުނީ @marraajameel އާއި @dhiwanderingirl އަދި @ShixnaH އެކައުންޓުގެ ވެރިންނެވެ.

އަދި އިންސްޓަގްރާމުގައި ފޮޓޯ ޝެއާކޮށްގެން ގުރުއަތުން ހޮވުނީ @awwamphotos އާއި @shaxlon އަދި @xidhoo0 މި އެކައުންޓުގެ ވެރިންނެވެ.

މިއިން ކޮންމެ ފަރާތަކަށް 5000 ރުފިޔާގެ ގިފްޓްކާޑެއް ލިބޭނެ ކަމަށް ބީއެމްއެލް އިން ހާމަކުރެއެވެ.

ފިތުރު އީދު ދުވަހާ ގުޅިގެން، ބީއެމްއެލް އިން ވަނީ އަށް ރަށެއްގައި އީދު ސައި ވެސް ބާއްވާފައެވެ. ބީއެމްއެލްގެ އެހީތެރިކަމާ އެކު، އީދު ސައި ބޭއްވީ ހއ. ހޯރަފުއްޓާއި ށ. ފުނަދު އާއި ނ. ހޮޅުދު އާއި ޅ. ނައިފަރާއި އއ. ރަސްދު އާއި ވ. ފެލިދޫގެ އިތުރުން މ. މުއްޔާއި ސ. ހުޅުމީދޫގަ އެވެ.

އީދު ސައި އިންތިޒާމްކޮށްފައިވަނީ ކޮންމެ ރަށެއްގެ ރަށު ކައުންސިލާއި މަދަނީ ޖަމިއްޔާތަކާއި އާންމު ފަރުދުންނާ ގުޅިގެންނެވެ.