Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ހިސާންގެ ނިންމެވުން ވަރަށް ރަނގަޅު. ތިޔަ ދެއްކެވީ ރީތި މިސާލެއް: އަލީ ހުސައިން

ގާނޫނީ ވަކީލުކަމުގެ ޕްރޮފެޝަން ދޫކޮށް ނުލައްވާނެ ކަމަށާއި އެކަމަކު ދެން ކޯޓުތަކަށް ވަޑައިގެން ވަކާލާތު ނުކުރައްވާނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅި ހިސާން ހުސއިން ވިދާޅުވުމާއި ގުޅިގެން އެއީ ހިސާން ނިންމެވި ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށާއި އަދި އެ ދެއްކެވީ ރީތި ނަމޫނާއެއް ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލް އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން މިހެން ވިދާޅުވެފައިވަނީ އާދީއްތަ ދުވަހު ހިސާންގެ ނިންމެވުމާއި ގުޅިގެން މިހާރު ނޫހުގައި ލިޔެފައިވާ ޚަބަރެއް ޓްވީޓާގައި ހިއްސާ ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

"ޖޭއެސްސީގެ އެއްވެސް މެމްބަރަކު ކޯޓުތަކަށް ގޮސް ވަކާލާތު ކުރުމަކީ ޖުޑީޝަލް އެތިކްސް ނުވަތަ ޝަރުޢީ އަޚްލާޤާއި ސުލޫކާއި ޚިލާފު ކަމެއް. ހިސާން ހުސައިންގެ ނިންމެވުން ވަރަށް ރަނގަޅު. ތިޔަ ދެއްކެވީ ރީތި މިސާލެއް." އަލީ ހުސައިން ވިދާޅުވިއެވެ.

ދައުލަތުން ބަދަލު ދޭން ޖެހޭ ބައެއް މައްސަލަތަކުގައި ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި ވަކީލެއްގެ ގޮތުން ހިސާން މަސައްކަތް ކުރައްވާތީ ބައެއް މީހުން ސުވާލު އުފައްދަ އެވެ. އެހެން ކަމުން މި ނިންމެވުން ވެގެންދާނީ ރައްޔިތުން ވެސް ބަލައިގަންނަ ނިންމުމެއް ކަމަށެވެ.