Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

އަމީތާބްގެ ޓްވިޓާ އެކައުންޓް ހެކް ކޮށްފި

ޓްވިޓާގައި ވަރަށް ހަރަކާތްތެރި ފަރާތެއް ކަމަށްވާ އިންޑިއާގެ މަޝްހޫރު މެގަސްޓާރ އަމީތާބް ބައްޗަންގެ ޓްވިޓާ އެކައުންޓް ހެކް ކޮށްފިއެވެ.

އަމީތާބްގެ އެކައުންޓް ހެކް ކޮށްފައިވަނީ ޕްރޯ-ޕާކިސްތާން ތުރުކީއަށް ނިސްބަތްވާ އައްޔިލްޑިޒް ޓިމް ނަމަކަށް ކިޔާ ގްރޫޕަކުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އަމީތާބްގެ ޓްވިޓާ އެކައުންޓްގެ ޕްރޮފައިލް ފޮޓޯ ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންގެ ފޮޓޯއަކަށް ބަދަލު ކޮށްފައެވެ.

ތުރުކީގެ މި ހެކަރުން އަމީތާބްގެ އެކައުންޓް ބޭނުން ކުރަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ބައެއް ފަރާތްތަކަށް ބިިރުދެއްކުމަށެވެ. ހާއްސަކޮށް އައިސްލޭންޑަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މުމްބާއީގެ ޕޮލިހުން ބުނެފައިވަނީ މަހާރާޝްތްރާގެ ސައިބާ ޔުނިޓަށް އެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ޕޮލިހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. މިހާރު އެކައުންޓް ވަނީ އަނބުރާ ގެނެވިފައެވެ. ނަމަވެސް ބައެއް ފޮޓޯތައް އަދިވެސް ނުނެގި ހުރި ކަމަށް ރިޕޯޓްތައް ބުނެއެވެ.