Last Updated: October 18, 20:04
Friday, October 18, 2019
ޚަބަރު

ކަރަން ޖޯހަރުގެ ބިރުވެރި ފިލްމުގައި ވިކީ ކޯޝަލް

ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަންގެ ފަރާތުން އުފައްދާ ބިރުވެރި ފިލްމް ބޫތުގެ ފުރަތަމަ ބައިގެ ލީޑް ރޯލު ކުޅެނީ ވިކީ ކޯޝަލްއެވެ.

މި ފިލްމުގެ ފުރަތަމަ ޕޯސްޓަރު ވަނީ ހޯމަ ދުވަހު ރިލީޒް ކޮށްފައެވެ. ވިކީ ވަނީ އޭނާގެ އިންސްޓަގްރާމްގައި ޕޯސްޓަރު ދައްކާލާފައެވެ. ޕޯސްޓަރުން ފެންނަނީ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވާ ކުޑަ ދޮރަކުން ވިކީ ލެއިން ފޯވެފައިވާ އޭނާގެ މޫނު ނެރެ އަނގަ ހުޅުވާ ހަޅޭއްލަވާ ފަދަ ގޮތަކަށް ހުންނަ މަންޒަރެވެ.

ކަރަން ޖޯހަރުވެސް ވަނީ މި ފިލްމްގެ ފުރަތަމަ ޕޯސްޓަރު އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. މި ފިލްމް 15 ނޮވެމްބަރު 2019ގައި ބެލުންތެރިންނާއި ހަމަޔަށް އަންނާނެ ކަމަށް ކަރަން ވަނީ ބުނެފައެވެ.

ރާޖްކުމާރް ރާއޯގެ ފިލްމް ސްތްރީ ހޯދި ކާމިޔާބީއަށްފަހު ބޮލީވުޑުން މިވަނީ ބިރުވެރި ފިލްމުތަކަށް މިސްރާބު ޖަހާފައެވެ. މިއީ ދަރްމާ ޕްރޮޑަކްޝަން އިން އުފައްދާ ފުރަތަމަ ބިރުވެރި ފިލްމެވެ.