Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

އީޝާ ޑިއޯލްއަށް ދެވަނަ އަންހެން ކުއްޖަކު ލިބިއްޖެ

މަޝްހޫރު ބޮލީވުޑްގެ ބަތަލުން ކަމަށްވާ ދަރްމެންދްރާ އަދި ހެމާ މާލިނީގެ ދަރި އީޝާ ޑިއޯލް އަދި އޭނާގެ ފިރިމީހާ ބާރަތު ތަޚްތާނީއަށް ދެވަނަ އަންހެން ކުއްޖަކު ލިބިއްޖެއެވެ.

ސަނީ ޑިއޯލް އަދި ބޮބީ ޑިއޯލްގެ ކޮއްކޮ އީޝާ ޑިއޯލްގެ ދަރިފުޅު އުފަންވެފައިވަނީ ހޯމަ ދުވަހުއެވެ. މި ދެމަފިރިން ވަނީ މި ޚަބަރު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. މިއީ އެ ދެމަފިރިންގެ ދެވަނަ ދަރިފުޅެވެ. މި ދަރިފުޅަށް ކިޔާފައިވަނީ މިރާޔާ ތަޚްތާނީއެވެ.

ފުރަތަމަ ދަރިފުޅަށް ކިޔާފައިވާ ނަމަކީ ރާދްޔާ ތަޚްތާނީއެވެ. ރާދްޔާ އުފަންވެފައިވަނީ 2017 ވަނަ އަހަރުއެވެ. އީޝާ ޑިއޯލް އަދި ބާރަތު ކައިވެނީގެ ގޮތުން ގުޅިފައިވަނީ 2012ވަނަ އަހަރުއެވެ.

އީޝާ އެންމެ ފަހުން ފެނިފައިވަނީ މި އަހަރު ކުރު ފިލްމެއް ކަމަށްވާ ކޭކްވޯކް އިންނެވެ.