Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

"ޝަރުޢީ ޢިލްމު އުނގެނިގެން ހުންނަ މީހެއްގެ ކިބައިން އަންނަންވާނީ ޢަދުލުވެރި ޙުކުމް"

ޝަރުޢީ ޢިލްމު އުނގެނިގެން ހުންނަ މީހެއްގެ ކިބައިން އަންނަންވާނީ ޢަދުލުވެރި ޙުކުމް ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިއެއް ކަމަށްވާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝެއިޚް ޒައިދު މިހެން ވިދާޅުވެފައިވަނީ އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.

https://twitter.com/alizaid1000/status/1138488518525693952

"ޝަރުޢީ ޢިލްމު އުނގެނިގެން ހުންނަ މީހެއްގެ ކިބައިން އަންނަންވާނީ ޢަދުލުވެރި ޙުކުމް. މީހަކު ކަމެއް ގޯސްކޮށް ކުރުން އެއީ ދީން ނުބައިވާންޖެހޭ ކަމެއް ނޫން. ނުބައި ވާނީ އެމީހަކު. ޝަރުޢީ ދާއިރާގައި ދެންވެސް ތިބެންވާނީ ޝަރުއީ ޢިލްމު އުނގެނިގެން ތިބި މީހުން. ރާއްޖޭގެ ޤާނޫނުގެ އެއްވަނަ މަސްދަރަކީ އިސްލާމްދީން." ޝެއިޚް ޒައިދު ވިދާޅުވިއެވެ.

ތެދު ވާހަކައެކެވެ. ހުކުމެއް ކުރުމުން އެއީ ދީން ގޯސްވާންޖެހޭ ކަމެއް ނޫނެވެ. އެފަދަ ވަގުތު ތަކުގައި ގޯސްވާނީ ހަގީގަތުގައި އެ ހުކުމް ކުރި ފަރާތެވެ. އިސްލާމްދީނުގައި ވަނީ ކަންތައް ކުރަންޖެހޭ އެންމެ ރަނގަޅު ގޮތް ވަރަށް ރަނގަޅަށް އޮޅުން ފިލުވާދީފައެވެ.