13 ރަށެއްގެ ފުޓްބޯޅަ ދަނޑެއްގައި ޓާފް އެޅުމަށް ޓެންޑަރ ބޯޑަށް ފޮނުވައިފިއެވެ.
ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ކުރެއްވި ޓުވީޓްގައިވަނީ 13 ރަށެއްގެ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމަށް ޓެންޑަރ ބޯޑަށް ފޮނުވާފައިވާކަމަށާއި އިތުރު 11 ރަށެއްގެ މަސައްކަތް ކުރުމަށް ވަރަށް އަވަހަށް އިޢުލާން ކުރެވޭނެކަމަށެވެ.
ޓާފް އެޅުމަށް ޓެންޑަރ ބޯޑަށް ފޮނުވާފާއިވާ 13 ރަށަކީ:
– އައްޑޫ ސިޓީ ފޭދޫ
– ފުވައްމުލައް ސިޓީ
– ރ .އަލިފުށި
– ފ. ނިލަންދޫ
– ގދ. ތިނަދޫ
– ލ. ގަން
– ޅ. ހިއްނަވަރު
– ނ. ހޮޅުދޫ
– ހއ. ދިއްދޫ
– ގއ. ވިލިގިލި
– އދ. މާމިގިލި
-ހދ. ނެއްލައިދޫ
– ނ. ކެދިކުޅުދޫ
މީގެ އިތުރުން 10 ރަށެއްގައި ފީފާ ފެންވަރުގެ ޓަރފް ދަނޑު އެޅުމަށްވެސް މީގެ ކުރިން މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ.
އަދި ރަށްރަށުގައި އަޅާފައި ހުރި ދަނޑުތަށް އިތުރަށް ތަރައްގީކޮށް، މަރާމާތު ކުރުމަށް ނިންމާފައިވާކަމަށް މިނިސްޓަރ މަހުލޫފް ވަނީ ވިދާޅުވެފައެވެ.