Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ރިތޭޝް ދޭޝްމުކް ފިލްމް "ބާޣީ 3" ގެ ޓީމާއި ގުޅިއްޖެ

ރިތޭޝް ދޭޝްމުކް ފިލްމް "ބާޣީ 3" ގެ ފްރެންޗައިސް ޓީމާއި ގުޅިއްޖެއެވެ. ރިޕޯޓްތައް ބުނާގޮތުގައި ރިތޭޝް ކުޅޭނީ ލީޑްރޯލުގައި އުޅޭ ޓައިގާ ޝްރޮފްގެ ބޭބެއެއްގެ ރޯލެވެ.

ރިތޭޝް މި ފިލްމުގައި ހަރަކާތްތެރިވާނެކަން ފިލްމުގެ ޕްރޮޑިއުސަރ ސާޖިދު ނަޑިއަޑްވާލާ ވަނީ ޔަގީންކޮށްދީފައެވެ.

ފިލްމް "ބާޣީ 3"ގެ އިތުރުން ރިތޭޝް "ހައުސްފުލް 4"އިން ވެސް ފެނިގެންދާނެއެވެ. އެ ފިލްމުގައި އޭނާގެ އިތުރުން އަކްޝޭ ކުމާރު، އަދިތުޔާ ޕަންޗޯލީ، ކްރިތީ ސެނޯން، ކްރިތީ ކަރްބަންޑާ، ބޮބީ ޑިއޯލް، ޕޫޖާ ހެޖް، ރާނާ ދައްގުބަތީ، ޗަންކީ ޕާންޑޭ، ރަންޖީތު، ބަމަން އިރާނީ އަދި ޝަރަދް ކެލްކަރު ފެނިގެންދާނެއެވެ.

ރިތޭޝްވަނީ ސިއްދާތު މަލޯތްރާއާއެކު ފިލްމް"މަރްޖާވާން" ޝޫޓް ކޮށްފައެވެ. އެންމެ ފުރަތަމަ މި ދެތަރިން އެކުގައި ފިލްމަކުން ފެނިފައިވަނީ 2014 ވަނަ އަހަރު "އެކް ވިލަން" އިންނެވެ.