Last Updated: April 27, 06:00
Saturday, April 27, 2024
ޚަބަރު

ކޮމިޝަންތަކަށް ބާރުދިނުމުގެ ބިލު މަޖިލީހަށް ބަލައިގެންފި

ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނަށް ބާރު ދޭ ބިލުގެ މަޖިލީހަށް ބަލައިގެންފިއެވެ.

ރިޔާސީ ކޮމިޝަންތަކުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސައިންއެވެ. މިބިލް މަޖިލީހަށް ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ 79 މެމްބަރުންނެވެ.

މި ބިލު މަޖިލީހަށް ބަލައިގަތުމުން އިތުރަށް ދިސާރާ ކުރުމަށް ވަނީ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.

ދެ ކޮމިޝަނަށް ބާރު ދިނުމުގެ ބިލް 18 ވަނަ މަޖިލީހަށް ވެސް ހުށަހެޅިއެވެ. ނަމަވެސް 18 ވަނަ މަޖިލީހުގައި ސަރުކާރަށް ތާއީދުކުރާ ޕާޓީތަކަށް މެޖޯރިޓީ އޮތް ނަމަވެސް ބައެއް މެމްބަރުންގެ ފަރާތުން އެއްބާރުލުން ނުލިބުމުގެ ސަބަބުން އެ ބިލު ވަނީ އޭރު ފާސްކުރެވޭ ގޮތް ނުވެފައެވެ.

އެކަން އެގޮތަށް ހިނގުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ދެ ކޮމިޝަނަށް ބާރުދޭ ބިލު މިދިޔަ މަޖިލީހުގައި ފާސްވެފައިނުވާއިރު، އެ ބާރުތަށް ނުލިބުމުގެ ސަބަބުން މަސައްކަތްތަކަށް ކޮންމެވެސް ވަރެއްގެ ލަސްތަކެއް އައިސްފައިވާ އެ ކޮމިޝަންތަކުން ވަނީ ބުނެފައެވެ.