Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

އެމްޓީސީސީން ހަދާ މަގުތަކުގެ ޑިޒައިނަށް ބަދަލުތަކެއް ގެނެސްފި

މާލެ މަގުތަކުގައި ތާރު އަޅަނީ: ފޮޓޯ - ޕީއެސްއެމް

ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ މަގު ހެދުމުގެ މަޝްރޫޢުތަކުގެ ޑިޒައިނަށް ބަދަލު ގެނެސްގެން ކުރިއަށް ގެންދިއުމަށް އެމްޓީސީސީން ނިންމައިފިއެވެ.

އެމްޓީސީސީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވާ ގޮތުން، ޑިޒައިނަށް ބަދަލު ގެނެސްގެން މި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ނިންމީ، މިފަދަ މަޝްރޫޢުތައް މީގެކުރިން ހިންގުމުގައި ލިބުނު ތަޖުރިބާއަށް ބަލާ މަޝްރޫޢުތަކުގެ ފެންވަރު ރަނގަޅުކުރުމުގެ މަޤުސަދުގައި ކަމަށެވެ.

މިއަހަރު ތެރޭގައި ސަރުކާރުން ވަނީ މަގުހެދުމުގެ 7 މަޝްރޫޢެއް އެމްޓީސީސީ އާއި ހަވާލުކޮށްފައެވެ. އެމްޓީސީސީއިން ބުނީ، މި ރަށްތަކުގެ ޑިޒައިނަށް އައި މައިގަނޑު ބަދަލަކީ ވެއްޔާއި ސިމެންތި ބޭނުންކޮށްގެން އެޅޭ ބޭސް ކޯސް ފަށަލާއިގެ ބަދަލުގައި ހިލަ ބޭސް ކޯސް ފަށަލައަކަށް ބަދަލުކުރުން ކަމަށެވެ. އަދި މި މަޝްރޫޢުތަކުގެ ޑިޒައިނަށް ގެންނަށްޖެހޭ ބަދަލުތައް މިނިސްޓްރީ އޮފް ނެޝަނަލް ޕްލ ނިންގ އެންޑް އިންފްރާސްޓްރަކްޗަ ރާއި މަޝްވަރާކުރެވިގެން މިހާރު ދަނީ ކުރެވެމުންކަމަށް އެމްޓީސީސީއިން ބުނެއެވެ.

ޑިޒައިނަށް ބަދަލު ގެނެސްގެން ކުރިއަށް ގެންދިއުމަށް ނިންމާފާއިވާ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ރަށްތަކަކީ:
– ސ. ހުޅުމީދޫގެ ބަހާހުއްދީން މަގު ހެދުމުގެ މަޝްރޫއު
– ޏ. ފުވައްމުލަކުގެ ރިންގް ރޯޑް ހެދުމުގެ މަޝްރޫޢ
– ހދ. ހަނިމާދޫގެ މައިމަގުތައް ހެދުމުގެ މަޝްރޫޢު
– ރ. އުނގޫފާރުގެ މައިމަގުތައް ހެދުމުގެ މަޝްރޫޢ
– ބ. އ ދަފުށީގެ މައިމަގުތައް ހެދުމުގެ މަޝްރޫޢ
– ރ. ދު ވާފަރުގެ މައިމަގުތައް ހެދުމުގެ މަޝްރޫޢ
– ލ. ފޮނަދޫގެ މައިމަގުތައް ހެދުމުގެ މަޝްރޫޢެވެ.

އޭގެތެރެއިން ސ. ހުޅުމީދޫގައި ބަހާހުއްދީން މަގުގައި ޖުމްލަ 2 ކިލޯ މީޓަރުގެ ދިގު މިނުގެ މަގެއް ހެދުމަށް އެމްޓީސީސީ އާއި ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫއުގެ ޖުމްލަ އަދަދަކީ 32.7 މިލިއަން ރުފިޔާއެވެ.

ޏ. ފުވައްމުލަކު ރިންގްރޯޑް ހެދުމުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވާއިރު، މި މަޝްރޫއުގެ ޖުމްލަ އަދަދަކީ 32.04 މިލިއަން ރުފިޔާއެވެ. މި މަގަކީ ޖުމްލަ 2.7 ކިލޯމީޓަރުގެ ދިގުމިނުގެ މަގެކެވެ. އެމްޓީސީސީއާއި ހަވާލުކޮށްފައިވާ އެހެެނިހެން މަޝްރޫއުތަކުގެ ތެރޭގައި ހދ. ހަނިމާދޫ މައި މަގުތައް ހެދުން ހިމެނެއެވެ. އެރަށުގެ ޖުމަލް 18 މަގު ހެދުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާއިރު، މަޝްރޫއުގެ އަގަކީ 46.8 މިލިއަން ރުފިޔާއެވެ.

ރ. އުނގޫފާރުގެ 15 މައި މަގު ހެދުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވާއިރު، މި މަޝްރޫޢުގެ ޖުމްލަ އަގަކީ 19.4 މިލިއަން ރުފިޔާއެވެ. ބ. އޭދަފުށީގެ 17 މަގުހެދުމަށް ހަވާލުކޮށްފައިވާއިރު، މަޝްރޫއުގެ ޖުމްލަ އަގަކީ 19.2 މިލިއަން ރުފިޔާއެވެ. ރ. ދުވާފަރުގެ މައި 12 މަގު ހެދުމަށް ހަވާލުކޮށްފައިވާއިރު، މި މަޝްރޫއުގެ ޖުމްލަ އަގަކީ 28.3 މިލިއަން ރުފިޔާއެވެ. އަދި ލ. ފޮނަދޫގެ މައި 12 މަގެއް ހެދުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާއިރު، މި މަޝްރޫއުގެ ޖުމްލަ އަގަކީ 32.7 މިލިއަން ރުފިޔާއެވެ.