Last Updated: July 5, 20:34
Saturday, July 5, 2025
ޚަބަރު

ތިޖޫރިން ވަގަށް ނެގި ފައިސާތަކެއް ހޯދައި ތިން މީހަކު ހައްޔަރުކޮށްފި

އެޕޯލޯ ފިހާރައިން ވަގަށް ނެގި ތިޖޫރި

އައްޑޫ ސިޓީ ހިތަދޫ އެޕޯލޯ ފިހާރައިގެ ތިޖޫރިން ވަގަށް ނެގި ފައިސާތަކެއް ހޯދައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 19 އަހަރާއި 26 އަހަރުގެ އިތުރުން 30 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ކުރި ތަހުގީގުން ތިޖޫރިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 14000 ރުފިޔާ އާއި 1200 ޑޮލަރު ހޯދާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދަށް 15 ދުވަސް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ދީފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.