Last Updated: May 8, 02:23
Tuesday, May 7, 2024
ޚަބަރު

މާލޭގެ ކާނިވާ ސަރަހައްދަށް އުދަ އަރައިފި

މާލޭގެ ކާނިވާ ސަރަހައްދަށް އުދަ އަރައިފިއެވެ.

ފުލުހުން ބުނީ ކާނިވާ ސަރަހައްދަށް އުދަ އަރާ ފެންބޮޑުވެފައިވާ ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް އެދޭ ކަމަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން މާދަމާ ހެނދުނު 10:00 އަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ވިއްސާރަކޮށް މީގެ ތެރެއިން ބައެއް ރަށްތަކަށް ގުގުރުންވެސް އެކަށީގެންވެއެވެ. ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

ހުޅަނގުދެކުނާއި ހުޅަނގުން. މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 03 މޭލާ 13 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައި ގަދަވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ހާމަކުރެއެވެ.

މީގެއިތުރުން ދެކުނުގެ ކަނޑުތަށް އާދައިގެވަރަކަށް މަޑުވާނެ ކަމަށާއި އަދި އެހެންހިސާބުތަކުގެ ކަނޑުތަށް އާދައިގެވަރަކަށް ގަދަވާނެ ކަމަށްވެސް ލަފާކޮށްފައެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުތުރުގެ އަތޮޅުތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް ބުނެފައިވެއެވެ.