Last Updated: July 6, 22:22
Monday, July 7, 2025
ޚަބަރު

ގައުމީ ޓީމުގެ ގޯލްކީޕަރު ފައިސަލް ޕީއެންސީ އަށް

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކޮށްފިއެވެ.

ކީޕަރު ފައިސަލް ޕީއެންސީ އަށް ސޮއިކޮށްފައިވަނީ މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިދިޔަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ގައުމީ ކީޕަރު ފައިސަލް އަންނަ ސީޒަނުގައި ކުޅޭނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށެވެ.

މީގެކުރިން އޯލްޔޫތުލިންކޭޖް، ވިކްޓްރީ، ވެލެންސިއާ އަދި އީގަލްސްއަށް ވެސް ކުޅެފައިވާ ފައިސަލް ފާއިތުވި ދެ ސީޒަނުގައި ވެސް ކުޅެފައިވަނީ ނިއުރޭޑިއަންޓަށެވެ.

ފައިސަލް ޕީއެންސީ އަށް ސޮއިކުރިއިރު، މީގެކުރިން ވެސް ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ސިޔާސީ ޕާޓީތަކަށް ސޮއިކޮށްފައިވެއެވެ.