Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ހުޅުމާލޭގައި ހިންގި ސާފުކުރުމުގެ ހަރަކާތަށް މިނިސްޓަރުގެ ތައުރީފު

ހުޅުމާލޭގައި އިއްޔެ ހިންގި ރަށް ސާފުކުރުމުގެ މަސައްކަތަކީ ވަރަށް ފައިދާހުރި އަދި ރައްޔިތުން ހޭލުންތެރި ކުރުވުމަށް ދެއްކެވި ލާމަސީލު މިސާލެއްކަމަށް އެންވަޔަރަމެންޓް މިނިސްޓަރ ޑރ. ޙުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

އެންވަޔަރަމެންޓް މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލޭގައި އިއްޔެ ހިންގެވި ރަށް ސާފުކުރުމުގެ މަސައްކަތުގައި ބައިވެރިވިމުގެ ފުރުސަތު ދެއްވެވީތީ ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށާއި، މިފަދަ ހަރަކާތްތަކަކީ، ޖަމާއަތަށް ވަރަށް ފައިދާހުރި އަދި ރައްޔިތުން ހޭލުންތެރި ކުރުވުމަށް ދެއްކެވި ލާމަސީލު މިސާލެއް ކަމަށެވެ.

ޓްވިޓަރގައި ހަރަކާތްތެެރިވާ ދިވެހިން އިސް ނަގައިގެން “ޓްވިޓްސާފު” ގެ ނަމުގައި ސާފުކުރުމުގެ ޚާއްސަ ހަރަކާތެއް އިއްޔެ ހުޅުމާލޭގައި ހިންގައި، ހުޅުމާލެ ގޮނޑުދޮށް ސާފުކޮށްފައިވާއިރު 250 އަށް ވުރެ ގިނަ ފަރާތްތަކުން މި ހަރަކާތުގައި ވަނީ ބައިވެރިވެފައެވެ.

ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެ ހުޅުމާލޭގެ ބާބަކިޔު ސަރަހައްދުގެ ގޮނޑުދޮށުން ފެށިގެން ހުުޅުމާލޭގެ ޓޫރިސްޓް ބީޗާއި ހަމައަށް ސާފުކޮށް 1.38 ޓަނުގެ ކުނި ވަނީ ނަގާފައެވެ.

ތިމާވެށި ސާފުކޮށް ހިމާޔަތްކުރުމަށް އަމިއްލަޔަށް އިސްނެގުމުގެ މަތިން މިފަދަ ގިނަ ހަރަކާތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި ހިންގުމަކީ މުހިއްމު ކަމަކެވެ.