Last Updated: April 26, 05:51
Friday, April 26, 2024
ޚަބަރު

ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ ކަނޑު ގަދަ ދުވަހެއްގައި ފެރީއެއް ދަތުރުކުރަނީ - ފޮޓޯ: ވީނިއުސް

މޫސުން ގޯސްވުމުގެ ސަބަބުން ގއ. އަތޮޅުން ފެށިގެން އައްޑޫސިޓީ އާއި ހަމަޔަށް ވައިޓް އެލަރޓް ނެރެފިއެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން ވައިޓް އެލަރޓް ނެރެފައިވަނީ މިއަދު ހެނދުނު 9:15 އިން ފެށިގެން މެންދުރު 14:15 އާއި ހަމައަށެވެ. މިގަޑިތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން ވިދާޅުވީ، އެންމެ އުތުރުގެ އަތޮޅުތަކުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށާއި، އެހެން ހިސާބުތަކަށް ގުގުރުމާއެކު ކެރީގެ އަސަރު ފޯރާނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން، އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.

ރާއްޖޭގެ ބައެއް ރަށްތަކަށް ދިޔަވަރު ބޮޑުވާނެ ގަޑިތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށްވެސް މޫސުމާއިބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.