Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ސްޓޭޓް މިނިސްޓަރު ކަމުން ޝާފިއީ އިސްތިއުފާ ދެއްވައިފި

މުހައްމަދު ޝާފިއީ - ފޮޓޯ: ރައީސް އޮފީސް

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުން މުހައްމަދު ޝާފިއީ އިސްތިއުފާ ދެއްވައިފިއެވެ.

ޝާފިއީ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ސަރުކާރުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދީފައިވާ ސޮފްޓްވެއާ ޕްރޮޖެކްޓެއް މި ސަރުކާރުން ވެސް ކުރިއަށް ގެންދަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރި ނަމަވެސް އެކަމަށް ހައްލެއް ލިބިފައިނުވާ ކަމަށެވެ.

"ސަރުކާރުން މި މައްސަލަ އާއި ދެންވެސް ފާޅުކުރި ކަންބޮޑުވުންތަކަށް އަޅާލާފާ ނުވުމުން މަގާމުން އިސްތިއުފާ ދީފިން" ޝާފިއީ ވިދާޅުވިއެވެ.

ކޮމްޕިއުޓާ ސައިންސްގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ޝާފިއީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ޝާފިއީ އެ މަގާމުން އިސްތިއުފާ ދެއްވިއިރު، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި އިތުރު ދެ ބޭފުޅަކު އެބަ ތިއްބެވިއެވެ. އެއީ އަލީ ސޯލިހާއި އަހުމަދު އަފްޒަލް އިބްރާހިމްއެވެ.