Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

އޮޑެގައްލާގައި ރިސޯޓް ތަރައްގީ ނުކުރެވޭނެ ކަމަށް އީޕީއޭއިން ނިންމައިފި

ތިމާވެއްޓަށް ގެއްލުންވެދާނެތީ ގއ. އޮޑެގައްލާގައި ރިސޯޓް ތަރައްގީކުރުމުގެ ހުއްދަ ނުދިނުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭއިން) ބުނެފިއެވެ.

އޮޑަގައްލާގައި ރިސޯޓް ތަރައްގީކުރަން ދޫކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ހޮޓަލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން (އެޗްއާރުސީގެ) ވެރިޔާ އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު އަށެވެ.

އީޕީއޭއިން ބުނީ، ގއ. އޮޑެގައްލާއަކީ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ ރަށެއްކަމަށާއި، އެގޮތުން އެރަށަކީ ގިނައަދަކަށް ދޫނި ބިސްއަޅަން އަދި ނިދަން އަރާ ރަށެއްކަމަށެވެ. އެހެންކަމުން އެރަށުގައި ޓުއަރިސްޓް ރިޒޯޓެއް ތަރައްޤީކޮށްފިނަމަ އެރަށުގެ ތިމާވެށީގެ އެންމެ ހާއްސަ އެއްސިފަކަމުގައިވާ ދޫނީގެ މާހައުލު ގެއްލިގެންދާނެކަމަށް އީޕީއޭއިން ބުނެއެވެ.

އީ.އައި.އޭގެ ރިޕޯޓުގައިވާ މަޢުލޫމާތަށް ބަލާއިރު އެރަށަކީ އަހަރުގެ ބައެއް ދުވަސްވަރުގައި ވެލާ ބިސްއަޅަން އަރާ ރަށެކެވެ. އަދި އެރަށުގެ ފަރަކީ މުއްސަނދި ފަރެކެވެ. އެހެން ކަމުން މިމަޝްރޫޢު ކުރިއަށް ގެންގޮސްފިނަމަ ތިމާވެއްޓަށް ޢިއާދަނުކުރެވޭ ފަދަ ގެއްލުންތަކެއްވާނެ ކަމަށް، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އަދި އީ.އައި.އޭ ކޮންސަލްޓަންޓުގެ ނަޒަރުގައި ފެންނާތީ މިމަޝްރޫޢު ޤަބޫލުނުކުރާން ނިންމީކަމަށް އީޕީއޭއިން ބުނެއެވެ.

އަދި މިގޮތަށް ނިންމުމުގައި އިތުރަށް ފާހަގަކުރެވުނު ބައެއް ކަންތައްތަކުގެ ތެރޭގައި، ގއ. އޮޑެގައްލާއަކީ ހުވަދު އަތޮޅު، އައްޑޫ އަދި ފުވައްމުލަކުގެ މަސްވެރިން އެންވެރިކަމަށް ބޭނުންކުރާ މުހިންމު ސަރަހައްދެކެވެ. މިފަދަ އެހެން ސަރަހައްދުތައް އެކި މަޝްރޫޢުތަކަށް ދެވިފައިވުމާއި އެކު އަތޮޅުގައި އެންވެރިކަންކުރާ ސަރަހައްދުތައްވަނީ މަދުވެފައެވެ. މިރަށުގައި ރިސޯޓު ތަރައްޤީކޮށްފިނަމަ އެކަމުގެ ސަބަބުން އިޖުތިމާޢީ ގޮތުން، އަދި އިޤްތިސާދީގޮތުންވެސް މިތިން އަތޮޅުގެ މަސްވެރިންނަށް ބޮޑެތި ގެއްލުންތައް ކުރިމަތިވެގެންދާނެކަމަށް އީޕީއޭއިން ބުނެއެވެ.

ގއ. އޮޑެގައްލާއަކީ ދަތުރު ދިއުމަށް ހުވަދު އަތޮޅު އުތުރުބުރީ ރަށްތަކުގެ މީހުން ބޭނުންކުރަމުންދާ ރަށްރަށުގެ ތެރެއިން
ރިސޯޓް ތަރައްޤީނުކޮށް އޮތް މަދު ރަށްރަށުގެ ތެރެއިން ތެރަށެވެ. އަދި މިރަށުގެ ފަރު އެއަތޮޅުގެ މީހުން ފަރު މަސްވެރިކަން

ކުރުމަށް ބޭނުންކުރަމުންދެއެވެ. މިރަށުގައި ރިސޯޓް ތަރައްޤީކޮށް މިކަންކަން ނުކުރެވޭ ގޮތްވުމުން އަތޮޅުގެ ރައްޔިތުންނަށް
އިޖްތިމާޢީ ގޮތުން ނޭދެވޭ އަސަރުތައް ކުރާނެއެވެ.

އެރަށު ކައުންސިލުންވެސް އެރަށުގައި ރިސޯޓު ތަރައްޤީކުރުމާއި ދެކޮޅެވެ. އެހެންކަމުން އިޖުތިމާޢީ ނަޒަރަކުން ބަލާއިރު އަތޮޅުގެ ރައްޔިތުން މިމަޝްރޫޢުކުރިއަށް ގެންދިއުމައި ދެކޮޅޫކަމަށޤ އީޕީއޭއިން ބުނެއެވެ.